ސަރުކާރާ ދެކޮޅުވެގެން ވަޒީފާއިން ވަކިކުރާ އެންމެނަށް ވަޒީފާ އަނބުރާ ލިބޭނެ: ސޯލިހް
މި ސަރުކާރާ ދެކޮޅުވެގެން ވަޒީފާއިން ވަކިކުރާ އެންމެނަށް ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި ވަޒީފާ އަނބުރާ ލިބޭނެ ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ޅ. ކުރެންދޫއަށް ވަޑައިގެން މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރާތީ ބައެއް މީހުންގެ ވަޒީފާތައް ބަދަލުތައް ބައެއް މީހުންނަށް ވަޒީފާގެ ބިރު ދައްކަމުންދާކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވަނީ އެފަދަ ބިރުދެއްކުންތަކަށް ފަހަތަށް ނުޖެހެން ގޮވާލައްވާފަ އެވެ.
އަދި ވިދާޅުވީ ވަޒީފާއިން ވަކިކުރާ އެންމެނަށް ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި ވަޒީފާ އަނބުރާ ލިބޭނެ ކަމަށެވެ.
"ނިކުމެވަޑައިގަންނަވާ! ނުކެރޭނެ ވަޒީފާއިން ވަކިކުރާކަށެއް. ކޮށްފިއްޔާ، މިއީ ދެ އަހަރުގެ ސަރުކާރެއް މިއޮތީ. އަޅުގަނޑުމެން އެނބުރި ވެރިކަމަށް އައިސް އެ ވަޒީފާ އެ ބަޔަކަށް ދޭނަން," ސޯލިހް ވިދާޅުވި އެވެ.
މީގެ އިތުރުން ވަޒީފާއިން ވަކިކުރާ މީހުންގެ ހައްގުގައި މިހާރުވެސް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން އެފަދަ މީހުންގެ ހައްގުގައި ކޯޓަށް މައްސަލަ ހުށައަޅާ މަސައްކަތް ކޮށްދޭނެ ކަމުގައި ވިދާޅުވި އެެވެ.
ރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރާތީ ބައެއް މީހުންގެ ވަޒީފާތައް ބަދަލުތައް ބައެއް މީހުންނަށް ވަޒީފާގެ ބިރު ދައްކަމުންދާކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ. އެއީ ރައީސް ސޯލިހްގެ ސަރުކާރުގައި ވެސް ހިނގާފައިވާ ކަމެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists