ކުޅިވަރާ ބެހޭ ވަޒީރު، ސާއިދުއަސް އެވޯޑް ހަވާލުކޮށްދެއްވަނީ... ފޮޓޯ: ވޮއިސް
ހަބަރު
15 Feb 2026 | 22:30
ސްޕެޝަލް ރިކޮގްނިޝަން އެވޯޑް، ކުޅިވަރު ނޫސްވެރިޔާ ސާއިދުއަށް

މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ ސްޕެޝަލް ރިކޮގްނިޝަން އެވޯޑް، ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހުމަދަށް ލިބިއްޖެއެވެ.

ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2025 ހަފްލާގައި ސާއިދުމަށް މި އެވޯޑް ހަވާލުކޮށްދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ.

ސާއިދުގެ ނޫސްވެރިކަމުގެ ހަޔާތުގައި އޭނާ އަންނަނީ 2009 ވަނަ އަހަރުން ފެށިގެން ކުޅިވަރުގެ ދާއިރާގެ ހަބަރުތައް އާއްމުންނާ ހަމަޔަށް ގެނެސްދެމުންނެވެ. ކުޅިވަރު ނޫސްވެރިއެއްގެ އިތުރުން ސާއިދަކީ ކުޅަދާނަ ކޮމަންޓޭޓަރެކެވެ. މިފަހަރުގެ ސްޕޯޓްސް އެވޯޑްގައި ސާއިދުއަށް ސްޕެޝަލް ރިކގްނިޝަން އެވޯޑް ލިބިފައިވަނީ، ކުރިމަތިވި ބަލިހާލަތާއެކުވެސް ކުޅިވަރަށް ހިދުމަތްކުރުމުގައި ދެމިހުރީތީއެވެ.

ސާއިދުގެ ދެ ކިޑްނީ ފެއިލްވެ ޤަވައިދުން ޑައިލިސިސް ހަދަން ޖެހުނު ނަމަވެސް އޭނާ އަންނަނީ، ކުރިއެކޭ އެއްގޮތަށް ކުޅިވަރުގެ ހަބަރުތައް އާއްމުނަށް ގެނެސްދިނުމަށް ވަރުބަލިކަމެއްނެތި މަސައްކަތްކުރަމުންނެވެ. ކުޅިވަރު ހަބަރުތައް ގެނެސްދިނުމުގައި 16 އަހަރު ހޭދަކޮށްފައިވާ ސާއިދު ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބޭއްވުނު ގިަނ މުބާރާތްތަކެއްގެ ހަބަރުތައް ކަވަރުކޮށްދީފައެވެ.

ސާއިދުގެ އެންމެ ހާއްސަ އެއް ކަމަކީ ދެ ކިޑްނީ ފެއިލްވިނަމަވެސް، ވަރުބަލިކަމެއްނެތި ކޮމަންޓޭޓަރެއްގެ ގޮތުގައި އަދިވެސް އޭނާ ހަރަކާތްތެރިވަމުންދާތީއެވެ. ކުޅިވަރު ކޮމެންޓްރީ ގެނެސްދިނުމުގައި ސައީދު 13 އަހަރުވެފައިވާއިރު، އޭނށާ މިކަން ކުރަމުން އައިސްފައިވަނީ އެއްވެސް އުޖޫރައެއް ނެގުމެއްނެތިކަން ފާަހަގަކޮށްލެވެއެވެ.

ސާއިދު ވަނީ މީގެ ކުރިން ސަން އެފްއެމްގައިވެސް މަސައްކަތްކޮށްފައެވެ. އޭނާ މިހާރު މަސައްކަތް ކުރަނީ ޕަބްލިކް ސާވިސް މީޑިއާގެ ޕީއެސްއެމް ސްޕޯޓްސްގެ އިންމާދާރު އެއް ވެރިޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.
20 Sep 2026
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456"
ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
20 Sep 2026
ދަރިފުޅަށް އެހީވުމަށް ބެލެނިވެރިންނަށް ކުރެވޭނެ ކަންކަން
ދިވެހިރާއްޖޭގައި މިއަހަރުގެ އެސްއެސްސީ އަދި އޯލެވެލް އިމްތިހާނު މިއަދު މިވަނީ ރަސްމީކޮށް ފެށިފައެވެ. މިއީ ހަމައެކަނި ދަރިވަރުންގެ އިމްތިހާނެއް ނޫނެވެ؛ މިއީ ބެލެނިވެރިންގެ ވެސް އިމްތިހާނެކެވެ. އިމްތިހާނުގެ މި ދުވަސްވަރަކީ ކިޔަވާ ކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ޕްރެޝަރުތަކަކާ ކުރިމަތިލާންޖެހޭ ދުވަސްވަރަކަށް ވާއިރު، މި ދަނޑިވަޅުގައި ބެލެނިވެރިންގެ ފަރާތުން ލިބޭ ލޯތްބާއި އެއްބާރުލުމަކީ ދަރިފުޅަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ.