ރޭގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ރައީސް އޮފީސް
ހަބަރު
16 Feb 2026 | 08:42
އެންމެ މޮޅު އެތުލީޓުންނަށް ދީމާ، މުންސިފް، އަޒްނީން އަދި އީމާ

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" ބާއްވައި ރާއްޖޭގެ އެންމެ މޮޅު އެތުލީޓުން ހޮވައި، އެ ފަރާތްތަކުގެ އަގު ވަޒަންކޮށްފިއެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި ކޮށްދެއްވައި، އެންމެ މޮޅު އެތުލީޓުންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. 

ރޭ ބޭއްވުނު މި ރަސްމިއްޔާތުގައި އޮލިމްޕިކް ކުޅިވަރުތަކުގެ ކެޓަގަރީން ރާއްޖޭގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ކާމިޔާބުކުރީ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީއެވެ. މިއީ ދީމާ މި ޝަރަފުވެރި އެވޯޑު ވިދިވިދިގެން ހޯދި ތިންވަނަ އަހަރެވެ. ދީމާ އަކީ އޮލިމްޕިކްސްގެ ކޮލިފައިން މަރުހަލާއެއްގެ ޗެމްޕިއަންކަން ހޯދައި، އޮލިމްޕިކްސްގެ ވާދަވެރި މަރުހަލާއަކުން ފުރުސަތު ހޯދި ހަމައެކަނި ދިވެހި އެތުލީޓެވެ. މި ކެޓަގަރީން ދެވަނަ އާއިޝަތު މާޖިދާ ހޯދިއިރު، ތިންވަނަ ލިބުނީ ފާތިމަތު ޖޫޒާން ޒަރީރަށެވެ.

އޮލިމްޕިކް ކުޅިވަރުތަކުން އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދެވެ. މި ކެޓަގަރީގެ ދެވަނަ މަގާމު ވޮލީބޯޅަ ތަރި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ހޯދިއިރު، ތިންވަނަ ލިބުނީ ފެތުންތެރިޔާ މުހައްމަދު ރިހާން ޝިހާމަށެވެ.

އޮލިމްޕިކް ނޫން ކުޅިވަރުތަކުގެ ކެޓަގަރީން އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ބޮޑީބިލްޑަރު އަޒްނީން ރަޝީދެވެ. މި ކެޓަގަރީން ދެވަނަ ޝާހީން އިބްރާހިމް ދީދީ ހޯދިއިރު، ތިންވަނަ ހޯދީ އަހްސަން ރަޝީދެވެ.

އޮލިމްޕިކް ނޫން ކުޅިވަރުތަކުން އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދީ ނެޓްބޯޅަ ކުޅުންތެރިޔާ އީމާ އަބްދުއްސައްތާރެވެ.

މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ. މިއަހަރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންފައިވަނީ، މޫސާ މަނިކު އަދި، މުޙައްމަދު ނަދީމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.