ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް
ހަބަރު
17 Feb 2026 | 09:26
މައިމުޅަވާ މީހުންނަށް ބިމުން ގޯތި ނުލިބޭ މައްސަލައަށް ގާނޫނީ ހައްލެއް ގެނައުމަށް ބިލެއް

މައިމުޅަވާ، ކުދިންނަށް ބިމުން ނުލިބޭ މައްސަލައަށް ޤާނޫނީ ޙައްލެއް ހޯދައިދިނުމަށް ބިމާބެހޭ ޤާނޫނަށް އިޞްލާޙު ހުށަހަޅައިފިއެވެ.

މި ބިލު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމްއެވެ. 

އެ ބިލު ހުށަހެއްވި ސަބަބެއް ކަމުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ "ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާއި، 17 ވަނަ މާއްދާ ބައްޓަންކޮށްފައިވާ ގޮތުން މައިމުޅަވުމުގެ ސަބަބުން ބިމުން ނުލިބޭ ޙާލަތުތަކެއް، ކުރިމަތިވަމުންދާތީއެވެ.

އަދި އޭގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި، އަދި ޢާއިލާގެ މެދުގައި އަރާރުން އުފެދި، މައްސަލަތައް ކުރިމަތިވާ އަދި ބޭއިންސާފު ޙާލަތުތަކެއް ކުރިމަތިވަމުންދާތީއެވެ. 

އެ މައްސަލަ ހައްލު ކުރުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ތަކަކީލުގެ ތެރޭގައި ހިމެނެނީ؛

ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެ ގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ މީހުންނާއި އަދި ބިމުގެ ތަނަވަސްކަން ލިބިފައިނުވާ މައިމުޅަވާ ދަރިންގެ މެދުގައި، ބަންޑާރަ ބިމުން ލިބިދީ، އެ ގޯތީގެ ބިން ލިބޭ އެންމެންގެ ނަމުގައި، އެބަޔަކު އެދޭނަމަ، އެ ގޯއްޗެއް ރަޖިސްޓަރީކޮށް ވަކިވަކި ރަޖިސްޓަރީ ހަދައިދިނުން

މައިމުޅަވާ ދަރިންނަށް ބިމުން ލިބިދޭ ޙާލަތުގައި އެ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުން އޭނާއަށް ލިބޭ ބިމަށް އަރާ މިންވަރުގެ އަގު ބަދަލެއްގެ ގޮތުގައި ތަރިކައިން ލިބޭ މީހުންނަށް ދިނުން

އިސްލާހުގައިވާ ގޮތުން، ބިމުގެ ތަނަވަސްކަން ހުރިކަމަށް ބަލާނީ، ގަތުމަކުން، ވިއްކުމަކުން، ހިބައަކުން ނުވަތަ ވަޞިއްޔަތަކުން، ނުވަތަ ތަރިކައަކުން ބިމެއް ނުވަތަ ފްލެޓެއް ރަޖިސްޓަރީ ކުރެވިފައިވުން ނުވަތަ ޝަރީޢަތުން ލިބިދީފައި އޮތުމެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ބިމެއް ނުވަތަ ފްލެޓެއް ޙަވާލުކުރެވިފައިވުމެވެ.

މައިމުޅަވާ ދަރިންނަކީ އެދަރީގެ ބައްޕަ ނުވަތަ މަންމަ ހުރިނަމަ، އެ ބައްޕަޔަށް ނުވަތަ މަންމަޔަށް ލިބޭ އެކަމަކު ތަރިކައިގެ މައްޔިތާގެ ކުރިން މި މީހުން ނިޔާވެފައިވުމުން މި މީހުންނަށް އަދި މި މީހުންގެ ދަރީންނަށް ނުލިބޭ މިފަދަ މީހުންގެ ދަރިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.