އިސްލާމިކް މިނިސްޓްރިއާއި އައިލެންޑް އޭވިއޭޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
17 Feb 2026 | 10:50
ޙައްޖާއި އުމްރާގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިސްލާމިކް މިނިސްޓްރީއާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އެއްބަސްވުމެއް

ޙައްޖާއި އުމްރާގެ ކަންކަމުގެ އިތުރުން އެ ދާއިރާއާ ގުޅުންހުރި އެހެނިހެން ގުޅުންތައް ބަދަހިކުރުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާ ދެމެދު އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް އިޔާސެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ދިނުމުގައި އައިލެންޑް އޭވިއޭޝަނުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި އާންމުންނަށް ދެވޭ ދީނީ ޚިދުމަތްތަކާއި ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މިފަދަ ގުޅުންތައް ބަދަހިކުރުމަށް ވުޒާރާއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ދެއްވިއެވެ. އަދި އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ، ޤައުމީ އެއަރލައިންގެ ހައިސިއްޔަތުން ދިވެހި ޙައްޖުވެރިންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަކީ އެ ކުންފުނީގެ އިސް އަމާޒެއް ކަމަށެވެ.

އިސްލާމިކް މިނިސްޓްރިއާއި އައިލެންޑް އޭވިއޭޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ 

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޙައްޖުވެރިންނާއި އުމްރާވެރިންނަށް ފަސޭހަ، އިތުބާރު ހިފޭ އަދި ފެންވަރު ރަނގަޅު ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ކަށަވަރުކޮށްދިނުމެވެ. މީގެ ތެރޭގައި މާލެއާއި ޖިއްދާއާ ދެމެދު ކުރާ ދަތުރުތައް އިތުރުކުރުމާއި، ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ އިތުރުން ދަތުރުފަތުރުގެ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން، އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ދީނީ ތަމްރީނުތައް ދިނުމާއި، ވުޒާރާގެ ފަރާތުން އިންތިޒާމުކުރާ ޙައްޖާއި އުމްރާއާ ގުޅޭ ކޮންފަރެންސްތަކާއި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި އެ ކުންފުނީގެ ބައިވެރިވުން އިތުރުކުރުމަށްވެސް މި އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ޙައްޖު މޫސުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ