ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ފޮޓޯ/ އެމްޑީޕީ
ހަބަރު
17 Feb 2026 | 12:29
ރާއްޖެ ތަރައްގީ ކުރެވޭނީ ބާރުތައް ރަށްރަށަށް ދޫކޮށްލައިގެން: ރައީސް ސޯލިހް

ރާއްޖޭގެ ތަރައްގީގެ އަސްލަކީ ބާރުތައް ރަށްރަށަށް ދޫކޮށްލުން ކަމަށާއި، އެމްޑީޕީން އަބަދުވެސް ގަބޫލުކުރަނީ އެ އުސޫލު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރޭ ތިނަދޫ ސިޓީގައި ބޭއްވި އެމްޑީޕީގެ ކެންޕެއިން އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ އަބަދުވެސް ރަށްރަށުގެ ކަންކަން ނިންމުމުގެ އިހުތިޔާރާއި ބާރު އެ ރަށެއްގެ ރައްޔިތުންނަށް ދިނުން ކަމަށެވެ. މަރުކަޒީ ސަރުކާރަކުން ހުރިހާ ކަމެއް ކޮންޓްރޯލް ކުރުމުގެ ބަދަލުގައި، ރަށްރަށަށް "އޯނާޝިޕް" ނުވަތަ މިލްކުވެރިކަން ދިނުމަކީ ތަރައްގީގެ އަސްލު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިއީ ޑިމޮކްރަސީގެ އެންމެ ރީތި ސިފަ ނަމަވެސް، މިއީ ކުރަން އުނދަގޫ މަސައްކަތެއްކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. 

ތިނަދޫ ސިޓީގެ އިންތިހާބާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ތިނަދޫ ސިޓީއަށް އިންތިހާބު ކުރާ ސައުދު އަލީ އާއި، ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން މަސައްކަތް ކުރާނީ ސީދާ އެ ރަށަށް ފޯކަސްކޮށްގެން ކަމަށެވެ. އަދި އެ ބޭފުޅުން މަސައްކަތް ކުރައްވާނީ ރައްޔިތުންނަށް އެންމެ ބޭނުންވަނީ ކޮން ކަމެއްތޯ ކައިރިން އަޑުއަހައިގެން ކަމަށެވެ. 

"އެމްޑީޕީގެ ފަރާތުން ތިނަދޫ ސިޓީއަށް އިންތިހާބު ކުރާ ސައުދު އަލީ އާއި، ކައުންސިލުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން މަސައްކަތް ކުރާނީ ސީދާ އެރަށަށް ފޯކަސްކޮށްގެން، މިރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވަނީ ކޮންކަމެއްތޯ ދެނެގަނެގެން ކައިރިން އަޑު އަހައިގެން"

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ އިންތިހާބުކުރެވޭ ކައުންސިލަރުންނަކީ ސަރުކާރަށް ނުވަތަ ވެރިންނަށް ސަނާކިޔަން ތިބޭ ބަޔަކަށް ވެގެންނުވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ނަޒަރުގައި ކައުންސިލަރުންގެ ޒިންމާއަކީ ރައްޔިތުންގެ ފަރާތުން ވަކާލާތުކުރުން ކަމަށާއި،  ސަރުކާރުން ބުނާހާ ގޮތަކަށް "އާބަސް" ބުނެގެން ތިބުމުގެ ބަދަލުގައި، ރަށުގެ މަސްލަހަތުގައި ސަރުކާރާ ސުވާލުކޮށް، ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ބަޔަކަށް ކައުންސިލަރުން ވާންޖެހޭނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ތިނަދޫގެ ރައްޔިތުންނަކީ ސިޔާސީގޮތުން ހޭލުންތެރި، ކެރޭ ބައެއްކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، އެރަށުގެ ތަރައްގީއަށްޓަކައި، ތިނަދޫގެ ރައްޔިތުންނަށް ބޭނުންވާ ކަނތައްތައް ހޯދުމަށްޓަކާ ކެރިގެން ނިކުންނަވާނެ ބޭފުޅުން އެރަށުގައި ތިއަބަވާނެކަމަށެވެ.  އަދި އެމްޑީޕީގެ އަމާޒަކީ އެފަރާތްތަކުގެ އަޑު އުފުލުން ކަމަށެވެ. 

"ތިނަދޫއަކީ ޖަހާހާ ބެރަކަށް ހެއްލޭނެ ރައްޔިތުންތަކެއް ތިބި ރަށެއް ނޫން. ތިނަދޫގެ ތަރައްގީއަށްޓަކައި، ތިނަދޫގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ހޯދުމަށްޓަކާ ކެރިގެން ނިކުންނަވާނެ ބޭފުޅުން މިރަށުގައި ތިއްބަވާނެ"

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މީގެ އިތުރުން، މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދަނީ ކީއްވެގެންތޯ ސުވާލުކޮށް، އެ އަޑު އުފުލުމަށް ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަތެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ހޯދައިދިނުމުގައި އެމްޑީޕީ ފަހަކަށް ނުޖެހޭނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ސޯލިހް ވަނީ، ވަކި ނަމަކަށް ނުވަތަ ނަންބަރަކަށް ނުބަލައި، ތިނަދޫ ސިޓީއަށް ފައިދާވާނެހެން އެމްޑީޕީގެ ތިލަފަތަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ