އެމްއެންޔޫއާ މައުމޫން ފައުންޑޭޝަންއާ ދެމެދު އެމްއޯޔޫގައި ސޮއި ކުރުން
ހަބަރު
18 Feb 2026 | 09:38
އެމްއެންޔޫ އާއި މައުމޫން ފައުންޑޭޝަނާ ދެމެދު އިލްމީ ދާއިރާ ކުރިއެރުވުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި މައުމޫން ފައުންޑޭޝަނާ ދެމެދު އިލްމީ ދާއިރާ ކުރިއެރުވުމަށާއި، ފިކުރީ ތަރިކަ ރައްކާތެރިކުރުމުގެ އިތުރުން މުޖުތަމައުގައި ދީނީ އަދި އިޖުތިމާއީ ރޫހު އާލާކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، މައުމޫން ފައުންޑޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ވައިސް ޗެއާމަން އަޙްމަދު ފާރިޝް މައުމޫން އެވެ. ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައުންޑޭޝަންގެ ވައިސް ޗެއާމަން އަޙްމަދު ފާރިޝް މައުމޫން ވަނީ، މެދުކެނޑުމަކަށްފަހު ފައުންޑޭޝަންގެ ސްކޮލަރޝިޕް ޕްރޮގްރާމް އަލުން ފަށާފައިވާކަން އިއުލާނުކުރެއްވިއެވެ.

އަދި ފައުންޑޭޝަނުން އާކައިވްއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމުގައި ޔުނިވަރސިޓީގެ ފަންނީ އެހީތެރިކަން ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޔުނިވަރސިޓީގެ ފަރާތުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެއްބަސްވުމަށް މަގުފަހިކޮށްދެއްވި ކަމަށްޓަކައި ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.

ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްގެ ވާހަކައިގައި މި ފަހުމުނާމާއަކީ، އިލްމީ ދާއިރާ ކުރިއެރުވުމަށާއި ފިކުރީ ތަރިކަ ރައްކާތެރިކުރުމަށް އެޅުނު މުހިންމު ބިންގަލެއް ކަމުގައި ސިފަކުރެއްވިއެވެ. ރައީސް މައުމޫން ލިޔުއްވާފައިވާ އަދަބީ، ތާރީޚީ އަދި އިލްމީ ފޮތްތަކަކީ ޤައުމީ ޚަޒާނާއެއް ކަމަށާއި، އެ ފޮތްތައް ޔުނިވަރސިޓީގެ ކުތުބުޚާނާއަށް ހަދިޔާކުރެއްވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ވައިސް ޗާންސެލަރ އިތުރަށް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން "Master of Education in Leadership" ކޯހަށް ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލެވޭނެ ކަމަށެވެ. އަދި މި ގުޅުމުގެ ސަބަބުން ދަރިވަރުންގެ އަޚުލާޤީ ސިފަތަކާއި މަދަނީ ޒިންމާތައް އަށަގެންނެވުމަށް މަގުފަހިވާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.