އައްޝައިހް އަބްދުއްސަލާމް ބިން ދާއޫދު --
ރިޕޯޓް
18 Feb 2026 | 17:42
އޮސްޓްރޭލިއާގެ މިސްކިތެއްގައި އިމާމުވެ ތަރާވީޙް ނަމާދު ކުރެއްވީ ޝެއިޚް ސަލާމް

ދިވެހީންގެ މެދުގައި އެންމެ މަގުބޫލު އިލްމުވެރީންގެ ތެރޭގައި ހިމެނޭ އެއް ބޭފުޅަކީ އައްޝައިހް އަބްދުއްސަލާމް ބިން ދާއޫދެވެ. އުތުރުގެ ހއ. ތަކަންދޫއަށް ނިސްބަތްވާ ޝެއިހް ސަލާމްގެ ދަރުސްތަކަކީ ގިނަ ބަޔަކު ވަރަށް އިންތިޒާރު ކުރާ ދަރުސްތަކެކެވެ. ދީނީ އިލްމު އުނގެނޭން ފެށި ހިސާބުން ވެސް ޝެއިހް ސަލާމް އަކީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު ބޭފުޅަކަށްވި އެވެ. އެއީ ވަރަށް ގިނަ ދަރިވަރުންގެ އިސްލާމް މުދައްރިސެކެވެ. މަޖީދިއްޔާއިން ކިޔެވި ވަރަށް ގިނަ ދަރިވަރުންގެ ވަރަށް މަގުބޫލު މުދައްރިސެކެވެ.

ކިޔެވުމަށް މަދީނާގައި ހޭދަކުރި ދުވަސްތަކުގައި ވެސް ޗުއްޓީއަށް ރާއްޖެ އައިސް ސަލާމްގެ އަޑުން ރެކޯޑްކޮށް އާންމުކުރަމުންދިޔަ "އިބްރަތްތެރި ވާހަކަ" ތަކަކީ އާންމުންގެ ވަރަށް ބޮޑު ޝައުގުވެރިކަމާއި ސަމާލު ކަމެއް ލިބުނު ވާހަކަ ތަކެކެވެ. އޭރު އެއީ އެންމެންގެ "ސަލާމްބެ" އެވެ. ހާއްސަކޮށް ކުޑަކުދީންނާއި ޒުވާނުންނެވެ. ދީނީ ކަންކަން އޮޅުން ފިލުވާ, ދީނުގެ މަގުގައި ކުރިއަށް ދެވޭތޯ މަސައްކަތްކުރަމުން އައި ޒުވާނުންގެ މެދުގައި އެންމެ ހާއްސަ ލީޑަރަކީ ސަލާމްބެ އެވެ.

ވާހަކަތައް ހުށައަޅައިދިނުމުގެ ފުރިހަމަ ކަމާއި ވަރަށް އަސަރާއެކު ގެނެސްދޭ ގޮތުން ސަލާމްބެ ފުރަތަމަ މަޝްހޫރުވީ ދީނީ ވާހަކަ ކިޔައިދޭ މުޖްތަމައު ހޭލުންތެރި ކުރުވި ބޭފުޅެއްގެ ގޮތުގަ އެވެ. ކިޔެވުން ފުރިހަމަކޮށް ރާއްޖެ ވަޑައިގެން ދައުވަތުގެ މަސައްކަތް ފެއްޓެވި އެވެ. އެއާއެކު ޝެއިހް ސަލާމް ވެގެންދިޔައީ ދިވެހީންގެ މެދުގައި އެންމެ މަގުބޫލު އެއް އިލްމުވެރިޔާ އަށެވެ.

ދަރުސްތައް ހުށައަޅައިދޭ ގޮތާއި ފުރިހަމަ އަސަރާއެކު ވާހަކަތައް ބަޔާންކޮށް ދެމުން ދިއުން ވެގެން ދިޔައީ ގިނަ ބަޔަކަށް ވަރަށް ޝައުގުވެރިވި ކަމަށެވެ. އެހެން ކަމުން ރަށްރަށުން ދަރުސްތަކަށް ގެންނަން އެންމެ ބޮޑު ޑިމާންޑެއް އޮންނަ އެއް އިލްމުވެރިއަކީ ޝެއިހް ސަލާމްއަށް ވެގެން ދިޔަ އެވެ. ހާއްސަކޮށް ރޯދަ މަހުގެ ކުރިއާ ރޯދައިގެ ތެރޭގައި އޮންނަ ދަރުސްތަކަށެވެ.

ނަމަވެސް މި ފަހަރު އަޅުގަނޑުމެންނަށް އެ ފުރުސަތު ނުލިބުނެވެ. ޝެއިހްްގެ އާއިލާގެ ކައިރިއަށް ރާއްޖެެއިން ބޭރަށް ދާން ޖެހުމުންނެވެ. 

މި އަހަރުގެ ރޯދަ މަސް ފެށިގެން އައީ ޝެއިހް, އާއިލާއާއެކު އޮސްޓްރޭލިއާގައި ހުއްޓަ އެވެ. އޮސްޓްރޭލިއާގައި ޝެއިހް ދިރިއުޅޭ ސަރަޙައްދުގައި ހުރި ބޮޑެތި މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތުގައި ފުރަތަމަ ތަރާވީހް ނަމާދު އިމާމުވެ ކުރެއްވީ ޝެއިހް ސަލާމް އެވެ.

މިއީ ޝެއިހަށް ވަރަށް ހާއްސަ ކަމަކަށް ނުވި ނަމަވެސް އޮސްޓްރޭލިއާގައި ދިރިއުޅޭ ދިވެހީންނާއި އަޅުގަނޑުމެން ދިވެހީންނަށް ވަރަށް ހާއްސަ ކަމެކެވެ. ދިވެހި އިލްމުވެރިއަކު ބޭރު ގައުމެއްގެ މިސްކިތެއްގައި އިމާމުވެ ތަރާވީހު ކުރުމާއި އެ ގައުމުގައި ދިރިއުޅޭ ދިވެހީންނަށް ނަސޭހަތާއި ދަރުސް ދެއްވަން ހުންނެވުމަކީ ކުޑަ އުފަލެއްް ނޫނެވެ. އެއީ އެފަދަ ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް މަދުން ނޫނީ ނުލިބޭނެ ފުރުސަތެވެ.

އެކަން އޮސްޓްރޭލިއާގައި ދިރިއުޅޭ ބައެއްް ދިވެހީން ވަނީ ފާހަގަވެސް ކޮށްފަ އެވެ. ޝެއިހް ސަލާމް އަކީ ވަރަށް ރީތިކޮށް ކީރިތި ޤުރުއާން ވެސް ކިޔަވާ ބޭފުޅެކެވެ. 

މި ފަހަރުގެ ރޯދައިގެ ކުރީން އަތޮޅުތަކާއި މާލޭގައި ޝެއިހް ސަލާމްގެ ދަރުސްތަކާއި އަދި ރޯދައިގެ ކުރީކޮޅު ރާއްޖޭގެ މިސްކިތެއްގައި އިމާމުވެ ތަރާވީހް ނަމާދު ނުކުރެވުނު ނަމަވެސް އެ ފުރުސަތު އެހެން ގައުމެއްގައި އެހެން ގައުމެއްގެ ރައްޔިތުންނަށް މިވަނީ ފަހިވެފަ އެވެ.

ކޮމެންޓް
حسن منك
الحمد لله
20 Feb 2026
ގުޅޭ ލިޔުންތައް
17 Sep 2026
ބިޒްނަސް ސްޓްރީމް ކިޔެވީމާ ޤައުމަށް ކުރެވޭ ޚިދުމަތް ކުޑައެއް ނޫނެވެ!
ޤައުމެއްގެ އިޤުތިޞާދު ކޮޅަށް ޖެހުމުގައި ބިޒްނަސް ސްޓްރީމުން ދަސްވެނިވާ ދަރިވަރުން އަދާކުރާ ދައުރު ވަރަށް ބޮޑެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބިޒްނަސް ތަޢުލީމަކީ ވިޔަފާރިވެރިކަމަށް ހިތްވަރު ދީ އިޤުތިޞާދީ އިޖުތިމާޢީ އަދި ޓެކްނޮލޮޖީގެ ކުރިއެރުމަށް ބާރު އަޅާ ދާއިރާއެކެވެ. ބިޒްނަސް ތަޢުލީމަކީ ކޮންމެ ޤައުމެއްގެ ވެސް އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގައި ބަދަލު ނުކުރެވޭ ފަދަ ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށް ދިރާސާވެރީން ފާހަގަކޮށްފައިވެއެވެ. ބިޒްނަސް ތަޢުލީމު ލިބޭ ފަރާތްތައް ވަޒީފާ ހޯދުމާއި ދެމެހެއްޓެނިވި ދިރިއުޅުމެއް ބިނާކުރުމަށް ތައްޔާރުވެއެވެ.
17 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް ޝެޑިއުލް ދަތުރުތައް ފަށައިފި
އެހެން ކަމުން މަންތާއާ މޯލްޑިވިއަން ދެމެދު ވެވުނު އެއްބަަސްވުމެއްގެ ދަށުން ޝެޑިއުލް ދަތުރުތައް ފަށަން ނިންމާ މިއަދު ވަނީ އެ އޮޕަރޭޝަން ރަސްމީކޮށް ފަށާފަ އެވެ.
17 Sep 2026
މި ސަރުކާރުން އަންނަނީ ރޭވުންތެރިކަމާ އެކު ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން
ކުރީ ސަރުކާރުން 2019 ގައި އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ލޯނުގެ އެންމެ ފަހު އިންސްޓޯލްމަންޓް މިއަދު ދައްކައި އެ ދަރަނި އެއްކޮށް ޚަލާޞްކޮށްފިއެވެ.
17 Sep 2026
ކުޑަކުދިންގެ ކެންސަރު: ބެލެނިވެރިން ދެނެގަންނަންޖެހޭ މުހިންމު ކަންކަން
ކުޑަކުދިންނަކީ މުޖުތަމަޢުގެ މުސްތަޤުބަލެވެ. ކޮންމެ ޢާއިލާއެއްގެވެސް އެންމެ ބޮޑު އުއްމީދަކީ ދަރިންގެ ޞިއްޙަތު ސަލާމަތުން ބޭތިއްބުމެވެ. ނަމަވެސް، ހީވެސް ނުކުރާ ފަދަ ބޮޑެތި ބަލިތައް ކުޑަކުދިންނަށް ކުރިމަތިވުމަކީ މުޅި ޢާއިލާގެ ދިރިއުޅުން ބަދަލުކޮށްލާ ކަމެކެވެ. މީގެ ތެރެއިން އެންމެ ބިރުވެރި އެއް ބައްޔަކީ ކެންސަރެވެ.
17 Sep 2026
ލޯނު ޚަލާޞްކުރިޔަސް ޒަރޫރީ މުދަލަށް ދައްޗެއް ނެތް
އިންޑިއާގެ ސްޓޭޓް ބޭންކުން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީ މިއަދު އެއްކޮށް ޚަލާޞްކޮށް، ތެލާއި ކާޑާއި ބޭހަށް ބޭރު ފައިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ދީފިއެވެ.
17 Sep 2026
ޕީއެންސީ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް ދޭން ފާސްކޮށްފި
ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028ގެ ރިޔާސީ ޓިކެޓު ދޭން ޕީއެންސީ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
17 Sep 2026
ޚަދްލަޖް ބްރޭންޑުގެ އައު ސެންޓުތަކެއް ރާއްޖެއަށް ތަޢާރަފުކޮށްފި
ދުބާއީގެ މަޝްހޫރު ލަގްޒަރީ ސެންޓު ބްރޭންޑް "ޚަދްލަޖް" ގެ އައު ސެންޓުތަކެއް، އެ ބްރޭންޑުގެ ރާއްޖޭގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޕޮއިސް ޑިސްޓްރިބިއުޓާރސް އިން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.
17 Sep 2026
ޗައިނާގެ އެންމެ ބޮޑެތި ބްރޭންޑްތަކުގެ ނަމުގައި "އަލީ" ހިމެނެނީ ކީއްވެ؟
1999 ވަނަ އަހަރު ޖެކް މާ (މާ ޔޫން) އެނާގެ 17 ރައްޓެހިންނާ އެކު ޗައިނާގެ ހެންޒޯގައި ހުރި އެޕާޓްމެންޓެއްގައި އަލީބާބާ ޑޮޓް ކޮމް އުފެއްދެވީ ވިޔަފާރިތައް ގުޅުވައިދޭ ޕްލެޓްފޯމެއްގެ ގޮތުގައެވެ. މި ނަން ނެގީ ޢަރަބި ފޯކްލޯ ވާހަކަ "ހާސް އެއް ރެއެއްގެ ވާހަކަ" ގައި ހިމެނޭ ޢަލީ ބާބާ ކެރެކްޓަރުންނެވެ. އެ ވާހަކައިގައި ޢަލީ ބާބާ އަކީ ފަޤީރު ދަރު ކެނޑުންތެރިއެއް ކަމަށާއި ވަގުންގެ ހޮހޮޅައެއްގެ ސިއްރު ހޯދައި "ހުޅުވާ ސިމްސިމް" މި ޖާދޫ ޢިބާރާތުން އެ ހޮހޮޅައަށް ވަންނަ ވާހަކައެވެ.