ފޭސްދޭއްގެ ގެވަޅެއްގައި ތަކެތި ވިއްކުމަށް ބަހައްޓާފައި... ފޮޓޯ: ވޮއިސް
ހަބަރު
10 Mar 2026 | 17:40
ފޭސް ދޭކުން ދޫކުރި ގޯތިތަކުގައި ބިދޭސީން ލައްވައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަނީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ފޭސް ދޭކުން މާލޭ ރައްޔިތުންނަށް ދޫކުރި ބައެއް ގޯތިތަކުގައި ގަވާއިދާ ހިލާފަށް ބައެއް ފަރާތްތަކުން ވިޔަފާރިކުރަން ފަށައިފިއެވެ.

ބައެއް މީހުން ބިދޭސީން ލައްވައި ވިޔަފާރިކުރަން ފަށާފައިވާއިރު، ދެތިން ގެވަޅެއްގައި އިމްޕޯޓް މުދާ ވިއްކާތަން ވޮއިސްގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. އެގޮތުން އެތަންތަނުގައި ފިޔާ، އަލުވި ބިސް އަދި އިންޑިއާ ކަރާ ވިއްކަމުންދިޔަކަން ފާހަގަކޮށްލެވެއެވެ. އެތަންތަނުގައި ސޭޓުންގެ ގޮތުގައި ތިބީ ބިދޭސީންނެވެ. 

ބިންވެރިޔާ ސްކީމުން ދޫކުރި ބައެއް ގެވަޅުތަކުގައި ބިދޭސީން ލައްވައި ވިޔަފާރި ކުރަން ފަށާފައިވާއިރު، ގޯތިތައް ލިބިފައިވާ ބައެއް މީހުންގެ ގޯތިތައް ބޮޑުއަގުގައި ގުދަން ހެދުމަށް ކުއްޔަށް ދީފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ފޭސްދޭއްގެ ގެވަޅެއްގައި ތަކެތި ވިއްކުމަށް ބަހައްޓާފައި... ފޮޓޯ: ވޮއިސް

އަދި ބައެއް ފަރާތްތަކުން ލިބިފައިވާ ގޯތިތަކުގައި އޮޑިހަރުގެ އާއި ބައު ދަގަނޑުތައް ވެއްދުމަށް ހާއްސަ ތަންތަން ހަދާފައިވާކަން ފާހަގަކޮށްލެވެއެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ދޭއް އަދި ފޭސް ތިނަކުން ގޯތިތައް ދޫކޮށްފައިވަނީ ބަންޑާރަ ގޯތި ދޭ އުސޫލުންނެވެ. މާނައަކީ އެތަންތަނުން ކުލީގެ ގޮތުގައި އެއްވެސް އެއްޗެއް ސަރުކާރަށް ދައްކަން ނުޖެހޭކަމެވެ.

ފޭސް ދޭކުން ދޫކުރި ބައެއް ގޯތިތަކުގައި އުސޫލާ ހިލާފަށް ބައެއް ކަންކަން ކުރަމުންދާއިރު، މިކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.