ސްމޫތީ
ލައިފްސްޓައިލް
20 Feb 2026 | 09:36
މިއަދު މިއޮތީ މީރު ސްމޫތީއެއްގެ ރެސިޕީ

ހޫނު ދުވަސް ތަކުގައި ފިނިފިނި ސްމޫތީ އެއް ބުއިލުމަކީ ހަށިގަނޑަށް އާރޯކަން ލިބިގެންދާނެ ކަމެކެވެ. ޚާއްސަކޮށް މިފަދަ ހޫނު ގަދަ ރޯދަމަހެއްގައި، ރޯދަ ވީއްލާ ގަޑީގައި މިފަދަ ސިއްޙަތަށް ފައިދާ ހުރި ފިނި ސްމޫތީ ބުއިލުމަކީ ހިތަށްވެސް ހަމަޖެހުން ލިބިގެންދާނެ ކަމެކެވެ. އެހެންކަމުން މިއަދު "ވޮއިސް" ގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރު ސްމޫތީއެއްގެ ރެސިޕީއެވެ. 

ބޭނުންވާނެ ތަކެތި:

1 ދޮންކެޔޮ 

1 ޖޯޑު ފުލް ކްރީމް މިލްކް

1 މޭޒުމަތީ ސަމުސާ މާމުއި (ފޮނި ކުރަން ބޭނުން ނަމަ އިތުރު ކުރެވިދާނެ)

2 ޕެޝަން ފުރުޓް

1 ޖޯޑު އައިސްކިއުބް

ތައްޔާރުކުރާނެ ގޮތް:

1) މިކްސްޗަރަށް އައިސްކިއުބާއި ދޮންކެޔޮ، ޕެޝަން ފުރުޓް އަދި މާމުއި އެޅުމަށްފަހު ރަނގަޅަށް އެކުލަވައިލާށެވެ.

2) ރަނގަޅަށް ހިމުންވެ އެކުވުމުން، ތައްޓަކަށް އިތުރު އައިސްކިއުބް އެޅުމަށްފަހު ސްމޫތީ އަޅާލާނީއެވެ. އަދި ޕެޝަން ފުރުޓް ކޮޅެއް ސްމޫތީގެ މައްޗަށް ގާނިޝްކޮށްލަންވެސް އަޅާލެވިދާނެއެވެ.

މިހާރު ޕެޝަން-ބަނާނާ ސްމޫތީ ތައްޔާރުކޮށް ނިމިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ