އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
20 Feb 2026 | 10:14
ރޯދަމަހު ހާމަކަން ބޮޑުގޮތެއްގައި ފަތުރުވެރިންނަށް ކާން ދިނުން ހުއްޓާލަންޖެހޭ: ވަޒީރު ޑރ. ޝަހީމް

ބަރަކާތްތެރި ރަމަޟާން މަހުގައި، މީހުން ދިރިއުޅޭ ރަށްރަށުގައި ރެސްޓޯރަންޓް ފަދަ ތަންތަނުގައި، ހާމަކަން ބޮޑު ގޮތެއްގައި ފަތުރުވެރިންނަށް ކާން ދިނުން ހުއްޓާލުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ. 

"ރަމަޟާން މަހުގެ މަތިވެރިކަން" މަޢުޟޫއަށް ޚާއްސަކޮށް ރޭ އޮތް މި ރަމަޟާންމަހުގެ ފުރަތަމަ އިހްޔާ ފޯރަމްގައި ތަޤްރީރު ކުރައްވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ރަމަޟާން މަހަކީ ޙުރުމަތްތެރިވެގެންވާ މައްސަރެއް ކަމަށެވެ. އެހެން ކަމުން މި މައްސަރުގެ ޙުރުމަތާއި ޤަތަރު ހިފެހެއްޓުމަށް ވަޒީރު ވަނީ އެންމެހާ ދިވެހިންގެ ކިބައިން އެދިވަޑައިގެންފައެވެ. 

މިއީ އަޅުގަނޑުމެންގެ އިސްލާމީ އަޤީދާއާއި އިސްލާމީ ސަގާފަތާ އިސްލާމީ އުއްމަތުގެ ވަރަށް މަތިވެރި މޫސުމެއްކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

"ރަމަޟާން މަހުގެ މަތިވެރިކަން" މަޢުޟޫއަށް ޚާއްސަކޮށް ރޭ އޮތް މި ރަމަޟާންމަހުގެ ފުރަތަމަ އިހްޔާ ފޯރަމްގެ ތެރެއިން: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ވަކިން ޚާއްސަކޮށް ލޯކަލް ޓޫރިޒަމް  އޮތް މީހުން ދިރިއުޅޭ ރަށްތަކުގެ މީހުން ރަމަޟާން މަހުގެ ޙުރުމަތަށް އުނިކަން އަންނަ ފަދަ ނުކުރުމަށް ވިސްނަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ރެސްޓޯރަންޓް ފަދަ ތަންތަން ހުޅުވައިގެން، ހާމަކަންބޮޑު ގޮތެއްގައި ދުވާލު ފަތުރުވެރިންނަށް ކާން ދިނުމާ، މިކަންކަން އަޅުގަނޑުމެންޖެހޭ ހުއްޓާލަން. ފަތުރުވެރި ޣައިރު މުސްލިމުންނަށް ކާން ދިނުމަށް ޚާއްސަ އިންތިޒާމެއް، އެމީހުން ދިރިއުޅޭ ތަނުގެ ތެރޭގައި، އާއްމުންނަށް ނުފެންނަހެން، އިންތިޒާމް ކިރެވިދާނެ. އެކަމަކު ރަމަޟާން މަހުގެ ހުރުމަތަށް އުނިކަން އަންނަގޮތަށް އެކަން ކުރިއަށް ގެންދިޔުން ހުއްދައެއް ނުވާނެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ވަޒީރު އިތުރަށް ވިދާޅުވީ، ރޯދަމަހު ފަތުރުވެރިންނަށް ކާން ދިނުމާއި ގުޅޭ ގޮތުން ޤާނޫނާއި ޤަވާއިދުތައް ހެދިފައި ހުރިއިރު ކައުންސިލުތަކުން އެ ޤަނޫނުތަކާއި ޤަވައިދުތައް ތަންފީޒް ކުރަން ޖެހޭނެކަމަށެވެ.

"އެގަވާއިދުތަކަށްވުރެ އަޅުގަނޑުމެންގެ އަޤީދާ މާ މުހިންމު. އަޅުގަނޑުމެން މާތްالله އަށް އަދާކުރަންޖެހޭ ވާޖިބު މާ މަތިވެރި. އަޅުގަނޑުމެންގެ ދީނާމެދު ބޮލުގައި އެޅިފައި އޮތް މަސްއޫލިއްޔަތު މާ ބޮޑު. އެ ފަރުދީ ޒިންމާ އުފުލަންޖެހޭނެ. އަދި ކައުންސިލް ތަކުން އެމީހުންގެ ގާނޫނީ ޒިންމާ އުފުލަންޖެހޭނެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ވަޒީރު އިތުރަށް ވުދާޅުވީ، ދީނަށްވުރެ މުހިއްމުކަމެއް އޮވެގެން ނުވާނެ ކަމަށާ، ދީނުގެ ހުރުމަތްތެރިކަން ކެނޑިގެން ހިނގައްޖެނަމަ ހެދިބޮޑުވެގެން އަންނަ ޖީލުތަކުގެ ހިތްތަކުގައި އިސްލާމްދީނާ މެދުގައި އޮންނަ ހައިބަތާއި ޤަދަރާއި ކަރާމާތް ނެތިގެން ހިނގައިދާނެ ކަމަށެވެ. ވުމާއެކު އެކަންކަމާމެދު އެންމެންވެސް ވިސްނަން ޖެހޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.