މިސްކިތުގައި ނަމާދުކޮށް ދުޢާ ކުރަނީ: ފޮޓޯ/ ވޮއިސް
ދީން
20 Feb 2026 | 12:51
ދުޢާ ކުރަންވީ ރަމަޟާން މަހު ނަރަކައިން މުއްތި ކުރައްވާ އަޅުތަކުންގެ ތެރެއިން ވުމަށް: ޚުތުބާ

ރަމަޟާން މަހަކީ މާތް الله އެތައް ގޮތަކުން މަތިވެރިކުރައްވާފައިވާ މައްސަރަކަށް ވީހިނދު، މި މަތިވެރި މައްސަރުގައި ނަރަކައިން މިންޖުކުރައްވާ އަޅުންގެ ތެރެއިން ލެއްވުން އެދި ގިނަގިނައިން ދުޢާކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަޞޭޙަތްތެރިވެއްޖެއެވެ.

"ތަޤުވާވެރިވުމާއި ތައުބާގެ މައްސަރު" މި މައުޟޫޢަށް މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ، ރަމަޟާން މަހަކީ ކީރިތި ޤުރްއާން ބާވައިލެއްވުމާއި، ޚާއްޞަ އަޅުކަމެއް ފަރުޟުކުރައްވައި، ހެޔޮކަންކަމަށް މަތިވެރި ޖަޒާދެއްވާ މައްސަރެއް ކަމަށެވެ. އަދި މި މަހަކީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވި، ޝައިޠާނުން ކަސްތަޅު އެޅުވޭ މައްސަރެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.

ރަސޫލު الله ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (إِذَا كَانَ أَوَّلُ لَيْلَةٍ فِيْ شَهْرِ رَمَضَانَ صُفِّدَتِ الشَّيَاطِيْنُ وَمَرَدَةُ الْـجِنِّ، وَغُلِّقَتْ أَبْوَابُ النَّارِ، فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِّحَتْ أَبْوَابُ الْـجَنَّةِ، فَلَمْ يُغْلَقْ مِنْهَا بَابٌ، وَيُنَادِيْ مُنَادٍ يَا بَاغِيَ الْـخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقْصِرْ، وَلِلَّهِ عُتَقَاءُ مِنَ النَّارِ، وَذَلِكَ كُلُّ لَيْلَةٍ)

މާނައީ: "ރަމަޟާންމަހުގެ ފުރަތަމަ ރޭ ޝައިޠާނުންނާއި ޖިންނީންގެ ތެރެއިން މާރިދުން ކަސްތަޅުއެޅުއްވޭނެތެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެއްވޭނެތެވެ. އޭގެ ތެރެއިން އެއްވެސް ދޮރެއް ނުހުޅުއްވޭނެތެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވޭނެތެވެ. އޭގެތެރެއިން އެންމެ ދޮރުކޮޅެއް ވެސް ބަންދެއްނުކުރެވޭނެތެވެ. އަދި ގޮވައިލާ ބޭކަލަކު ގޮވައިލައްވާނެތެވެ. އޭ ހެޔޮ ކަމަށް އެދޭ މީހާއެވެ! އެކަމަށް ކުރިމަތިލައި އަންނާށެވެ! އޭ ނުބައި ކަންތައްތަކަށް އެދޭ މީހާއެވެ! ތިޔަ ކަންތައްތައް ހުއްޓައިލާށެވެ! މާތް الله، ރޯދަމަހު އެކަލާނގެ އަޅުތަކުންގެ ތެރެއިން ނަރަކައިން މިންޖުކުރައްވާނެ ބަޔަކު ވާނެތެވެ. އެއީ ރޯދަމަހުގެ ކޮންމެ ރެއެއްގައެވެ!"

ޚުތުބާގައި އިތުރަށް ބުނީ، ތައުބާވުމަކީ ކުރެވިފައިވާ ފާފަތަކުން އެއްކިބާވެ، އެކަމާ ހިތާމަކޮށް، އަލުން އެ ފާފައަށް ނުއެރުމަށް ޢަޒުމް ކަނޑައެޅުން ކަމަށެވެ.

"ކުރެވުނު ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑު ފާފައަކަށް ވިއަސް އެ ފާފައަކުން ތައުބާވާންޖެހޭނެ،" ޚުތުބާގައި ބުންޏެވެ.

މިގޮތުން ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ ފާފަ ފުއްސަވާފައިވާ އިރުވެސް، ދުވާލަކު ހަތްދިހަ ފަހަރަށް ވުރެ ގިނައިން ތައުބާވެވަޑައިގަންނަވާކަން ފާހަގަކޮށް، މުސްލިމުން އެކަލޭގެފާނު ނަމޫނާއަކަށް ބަލަންޖެހޭ ކަމަށް ބުންޏެވެ.

މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (وَاللهِ إِنِّـيْ لَأَسْتَغْفِرُ اللهَ وَأَتُوْبُ إِلَيْهِ، فِي الْيَوْمِ أَكْثَرَ مِنْ سَبْعِيْنَ مَرَّةً) މާނައީ: "މާތް الله ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނު ރެޔާއިދުވާލު ހަތްދިހަ ފަހަރަށް ވުރެ ގިނައިން اللهގެ ޙަޟުރަތަށް ތައުބާވެވަޑައިގެން، އިސްތިޣުފާރު ކުރައްވަމެވެ."

މުސްލިމުން ނަމޫނާއަކަށް ބަލަންވީ އެކަލޭގެފާނެވެ. މާތް الله އެކަލޭގެފާނުގެ ފާފަފުއްސަވައިދެއްވައިފައިވާ އިރު ވެސް، އެކަލޭގެފާނު ހަތްދިހަ ފަހަރަށް ވުރެ ގިނައިން ކޮންމެ ދުވަހަކު ތައުބާވެވަޑައިގަންނަވައެވެ. ވީމާ، އަހަރެމެން ތަޤުވާވެރިކަންމަތީގައި ތިބުމަށް ޓަކައި ގިނަގިނައިން ތައުބާވުން މާ އައުލާކަން ބޮޑެވެ.

ތަޤުވާވެރިކަމަކީ ހިތާ ގުޅިފައިވާ ކަމެއްކަން ހަނދާންކޮށްދެމުން ޚުތުބާގައި ބުނީ، ރޯދަ ފަރުޟުކުރެއްވުމުގެ ހިކުމަތަކީވެސް ތަޤުވާވެރިވުން ކަމަށެވެ. އެހެންކަމުން، ރޯދައަށް ތިބޭއިރު މާތް الله ގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ގޮވައިލިއެވެ. އަދި ރަމަޟާން މަހު ރޭ އަޅުކަން ކުރުމުގައި ކީރިތި ރަސޫލާ ﷺ ގެންގުޅުއްވި ފަދަ ހީވާގިކަމެއް ދެއްކުމަށާއި، އަމިއްލަ އަހުލުވެރިންވެސް އެކަމަށް ހޭނުވުމަށް އިރުޝާދު ދިނެވެ.

މީގެ އިތުރުން، ރަމަޟާން މަހުގެ ޙުރުމަތް ހިފެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށްވެސް ޚުތުބާގައި އަލިއަޅުވާލިއެވެ.

ވަކީން ޚާއްޞަކޮށް، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތަކުން، އާންމުންގެ ކުރިމަތީގައި ހާމަކަން ބޮޑު ގޮތެއްގައި ކެއިންބުއިމުގެ ޚިދުމަތް ނުދިނުމަށާއި، އެފަދަ ޚިދުމަތްތައް ދިނުމުގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ވަނީ ގޮވައިލާފައެވެ. އަދި ޝަރުޢީ ޢުޒުރެއްގެ ސަބަބުން ރޯދަ ދޫކޮށްލާ މީހުންވެސް މައްސަރުގެ ޙުރުމަތަށް އިޙްތިރާމްކުރުމަށް ޚުތުބާގައި ނަޞޭޙަތްތެރިވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.