ކަދުރު ރޯލްސް
ލައިފްސްޓައިލް
22 Feb 2026 | 09:05
މިއަދު މި އޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ސިއްޙަތަށް ފައިދާހުރި، ކަދުރު ރޯލްސް

ކަދުރަކީ ރޯދަމަހާއި އެންމެ ގުޅުން ހުރި މޭވާއެވެ. ރޯދާ ވިއްލާ ގަޑީ ގަޔާއި، ހާރު ކައި ގަނޑީގައިވެސް ކަދުރު ބޭނުން ކުރުމަކީ ސުންނަތެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ކަދުރުން ތައްޔާރު ކޮށްލެވޭނެ މީރު، އަދި ސިއްޙަތަށް ވެސް ފައިދާ ހުރި އެއްޗެއްގެ ރެސިޕީއެވެ. 

ބޭނުންވާ ތަކެތި

3 ޖޯޑު ކަދުރު ( އެންމެ ރަނގަޅުވާނީ ވަރަށް މަޑު އަދި އޮށް ނަގާފައި ހުރި ކަދުރު)

2 މޭޒުމަތީ ސަމުސާ ބަޓަރު

1 1/2 ޖޯޑު ހަނާކުރި ނަޓްސް (މިކްސްޑް ނަޓްސް ނުވަތަ އެއް ވައްތަރެއްގެ  ނަޓްސް ވެސް ބޭނުން ކިރެވިދާނެ)

1/3 ޖޯޑު ސެސަމީ ސީޑްސް

1/3 ޖޯޑު ހިއްކާފައި ހުރި ކާށި ހުނި (ޑެސިކޭޓެޑް ކޮކޮނަޓް)

1 ސައިސަމުސާ މުގުރާފައި ހުރި ކާފޫރު ތޮޅި

ތައްޔާރުކުރާނެ ގޮތް

ތަވައެއް އުދާފައި މަޑުގިނީގައި ބަޓަރުކޮޅު ވިރުވާލުމަށްފަހު، ކަދުރުކޮޅު އަޅައިގެން 2 ނުވަތަ 3 މިނެޓު ވަންދެން ކައްކާލާށެވެ.

ދެން އޭގެ ތެރެއަށް ހަނާކޮށްފައި ހުރި ނަޓްސް، ސެސަމީ ސީޑްސް، ކާށި ހުނި އަދި ކާފޫރުތޮޅި ކޮޅު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. (މޭވާތައް މާ ބޮޑަށް ޗިސްވިޔަނުދީ ކޮންމެވެސް ވަރަކަށް ރާޅުކޮށް ހުންނާނެހެން ބަހައްޓާށެވެ.)

ތައްޔާރުކުރި މި މިކްސްޗަރު 2 ނުވަތަ 3 ބަޔަށް ބަހާލާށެވެ. އެއަށްފަހު "ޕާޗްމަންޓް ޕޭޕަރު" ބޭނުންކޮށްގެން އޮޅާލާށެވެ.

މި ރޯލް ހަރުވަންދެން، މަދުވެގެން 1 ގަޑިއިރު ވަންދެން، ފްރިޖްގައި ބާއްވާށެވެ.

ދެން ފްރިޖުން ނެގުމަށްފަހު، ބޭނުންނަމަ ބޭރުގައި ކާށި ހުނި ނުވަތަ ސެސަމީ ސީޑްސް ނޫނީ މުގުރާފައި ހުރި ޕިސްތާޗިއޯ އުނގުޅާލުމަަށްފަހު ކޮށާލާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ