ކްރިމިނަލް ކޯޓް
ހަބަރު
22 Feb 2026 | 10:59
ބަންދު ރެކޯޑް އިންތިހާ ގިނަ މީހަކު ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން ބުނީ ބޯހިޔާވަހިކަމެއް ނެތް ކަމަށް

ބަންދު ރިކޯޑް އިންތިހާއަށް ގިނަ މީހަކު އަނެއްކާވެސް ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ. 

ބަންދު އަމުރުގައިވާ ގޮތުން ހައްޔަރުކޮށްފައިވަނީ، ޅ. ކުރެންދޫއަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ހައްޔަރުކުރުމުގެ އިޖުރާއަތްތަކާ އެއްގޮތަށެވެ. 

އޭނާ ހައްޔަރުކޮށް ބަންދުކުރުމަށް ކުރުމަށް އެދި ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމާއި ހައްޔަރު/ބަންދު އިންތިހާއަށް ގިނަކަން ފާހަގަކޮށް، ޝަރީއަތުން ނަސޭހަތްތެރިވެފައިވާ ކަމަށް ބަންދު އަމުރުގައި ވެއެވެ.

އަދި ނަސޭހަތްތެރިވުމުން، އޭނާ ދިރިއުޅޭނެ، އެއްވެސް ބޯހިޔާވަހިކަމެއް ނެތްކަމަށާއި ވަޒީފާއެއް ނެތްކަމާއި، ނިދަނީ ވެސް، މަގުމަތީގައި ނުވަތަ ޖޯލިތަކުގައި ކަމުގައި، ވަރަށް އަަރާއެކު ބުނެފައިވާ ކަމަށް އަމުރުގައިވެއެވެ.

ބަންދު އަމުރުގައި އިތުރަށް ބުނީ، މީގެ ކުރީން ވެސް، އުފަން ރަށަށް ބަދަލުވުމަށް އޭނާ އެދިގެން، އެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް މައްސަލައިގެ އައިއޯ ފާހަގަކުރި ކަމަށެވެ.

އަދި އޭގެ ރައްދުގައި، ރަށަށް ބަދަލު ނުވެވުނީ އޭނާ ޖޯއްޔެއްގައި ނިދާފައި، އޮއްވައި، ޖީބު ކީހާލައިގެން ފައިސާ އާއި، ފޯނު ވަގަށްނަގާފައިވާތީ ކަމަށް އޭނާ ބުނި ކަމަށްވެސް އަމުރުގައި ވެއެވެ.

އޭނާގެ ހާލަތަށް ރިޢާޔަތްކޮށް ފުލުހުންގެ އިންތިޒާމްތަކުގެ ތެރެއިން އޭނާ ބަންދުގައި ބަހައްޓާ ތަން އުފަން ރަށް ހިމެނޭ ތަނަކަށް ބަދަލުކުރުމަށް ޝަރީއަތުން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.