ސައިރެން އަޅަމުންދިޔަ އެމްބިޔުލާންސް، ޕިކަޕު ދުއްވި މީހާ އަދި އެމީހާ ދުއްވަން އިން ޕިކަޕު
ހަބަރު
22 Feb 2026 | 12:27
އެމެޖެންސީގައިދިޔަ އެމްބިޔުލާންސަށް މަގު ބަންދުވާ ގޮތަށް އޮތް ޕިކަޕުގެ މައްސަލަ ބަލަނީ

މާލޭގެ މަގަކުން ސައިރެން އަޅަމުން، ދަތުރުކުރި އެމްބިއުލާންސަކަށް ކުރިއަށް ނުދެވޭ ގޮތަށް، މަގު ބަންދުކޮށްގެން އޮތް ޕިކަޕެއްގެ މައްސަލަ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ބަލަން ފަށައިފިއެވެ.

މިކަން ހިނގާފައިވަނީ މިއަދު ހެނުދުނު 10:30 ހާއިރު ފާށަނާ ކިލެގެ މަގުގައެވެ.

މި ހާދިސާއާ ގުޅޭ ވީޑިއޯއެއް މީސް މީޑިއާގައި އާންމުކޮށްފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި، ހަނި މަގަކުން ދަތުރުކުރި އެމްބިއުލާންސެއްގެ ކުރިމަތީގައި ޕިކަޕެއް މަޑުކޮށްގެން އޮތުމުގެ ސަބަބުން އެމްބިއުލާންސަށް ކުރިއަށް ދެވޭގޮތް ވަނީ ނުވެފައެވެ. އެ ޕިކަޕުގެ ފަހަތުގައި އިތުރު ޕިކަޕާއި ކާރުވެސް ކިއުގައި އޮތްއިރު، އެމްބިއުލާންސް އޮތީ އެ އުޅަނދުތަކުގެ ފަހަތުގައެވެ.

ކާރުތަކުން ބަރުގޮނު އަޅަމުންދިޔައިރު، އެމްބިޔުލާންސްއިން ދިޔައީ ސައިރެން އަޅަމުންނެވެ. އަދި މަންޒަރު ދުށް ފަރާތުން ބުނެފައިވާގޮތުން، އެމްބިއުލާންސްގެ ސައިރަންގެ އެޅުމަށްފަހު ކުޑަ ވަގުތުކޮޅަކަށް ސައިރަން މަޑުކޮށްލާފައި ޓޯން ބަދަލުކޮށް ބާރަށް ސައިރަން އަޅަންފެށިއެވެ. 

ނަމަވެސް އެ ޕިކަޕު ދުއްވާލާފައި ވަނީ އެއިން މުދާ އަންލޯޑްކޮށް ނިންމައި ފައިސާވެސް ނެގުމަށްފަހުގައެވެ.

އަދި ޕިކަޕު ދުއްވާފައި ދަމުން އެ ދުއްވަން އިން ޑްރައިވަރު "އެހެން ނުދެވޭނެ، މީ މުދާ" ކަމަށް ބުނާ އަޑުވެސް އިވެއެވެ.

މިކަމާ ގުޅިގެން އެ ޕިކަޕަށް ފިޔަވަޅެއް އެޅުމަށް ވިސްނާފައިވޭތޯ "ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މި މައްސަލަ މިހާރު އެ މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.

އަދި ހާދިސާ ހިނގާފައިވާ ގޮތް ތަހުގީގު ކުރުމަށްފަހު، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް މިނިސްޓްރީގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މާލޭގެ މަގުތައް ތޮއްޖެހިފައިވާއިރު، ބަލިމީހުން އުފުލާ އެމްބިއުލާންސް ފަދަ އުޅަނދުތަކަށް މަގު ދިނުމަކީ ގާނޫނީ ގޮތުންނާއި އަދި އިންސާނިއްޔަތުކަމުގެ ގޮތުންވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ނަމަވެސް މިފަދަ ހާދިސާތައް ވަރަށް ގިނައިން ތަކުރާރުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް
އަހުމަދު
ތިޕިކަޕު ދުއްވި ޑުރައިވަރު ބަލިވެގެން އެންބިއުލާންސް ގަ ހެން ދަނިކޮށް . މިސުރުޙީ ގަ މަންޒަރެއް ސިފަކޮއްލަން ވަރަށް ފެނޭ . ޝުކުރިއްޔާ
22 Feb 2026
ގުޅޭ ލިޔުންތައް
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.