ފައްޔާޒު އިސްމާޢީލް: ފޮޓޯ/ އެމްޑީޕީ
ހަބަރު
22 Feb 2026 | 14:05
އިންތިޚާބީ މަންދޫބުން ޖަވާބުދާރީ ކުރުވަން "ރިކޯލް ވޯޓު" އޮންނަންޖެހޭ: ފައްޔާޒު

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ އެންމެ މުހިންމު އިސްލާހަކީ އިންތިޚާބުކުރެވޭ މަންދޫބުން ދައުރުގެ މެދުތެރެއިން ޖަވާބުދާރީކުރުވޭނެ "ރިކޯލް" ނިޒާމެއް ގާއިމުކުރުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ނޫސް މަޖައްލާއެއްގައި ލިޔުއްވި އާޓިކަލްއެއްގައި ފައްޔާޒު ވިދާޅުވީ، ގާނޫނުއަސާސީން އެންމެ ބޮޑަށް އުނިވާ އެއް ކަމަކީ އިންތިޚާބުކުރެވޭ މަންދޫބުން އެ މީހުންގެ ދައުރުގެ ތެރޭގައި ޖަވާބުދާރީ ކުރުވޭނެ ހަރުދަނާ ނިޒާމެއް ނެތުން ކަމަށެވެ. ސިޔާސީ މީހުންނަކީ ރައްޔިތުން ހަވާލުކުރާ މެންޑޭޓު ފުރިހަމަނުކުރެވި، ވައުދުތައް ފުއްދުމަށް ފެއިލްވާ ބައެއްކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ މިފަދަ ނިޒާމެއްގެ ބޭނުންތެރިކަން ރާއްޖެއަށް މިހާރު އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.

"ރައްޔިތުންނަށް ގާނޫނީ ގޮތުން އެ ފުރުސަތު އޮތްނަމަ، މިހާރު ތިއްބެވި މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ތެރެއިން ބޮޑު އަގުލަބިއްޔަތެއް މަގާމުން ވަކިކުރާނެކަމާމެދު އެއްވެސް ޝައްކެއް ނެތް،" ފައްޔާޒު ލިޔުއްވާފައިވެއެވެ.

މިއާއެކު "އެންޓި-ޑިފެކްޝަން" ގާނޫނަށް ފާޑުވިދާޅުވަމުން ފައްޔާޒު ވަނީ، އޭގެ ސަބަބުން ރައްޔިތުން އިންތިޚާބުކުރި މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ އަތުން ބީވެ، ޕާޓީއަށް ލިބިގެންދާ ކަމަށާއި، މިއީ ބާރުތައް ވަކިވެފައި އޮތުމުގެ އަސާސް ފުނޑުފުނޑުކޮށްލި ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޓީ ބަދަލުކުރުމުގެ މައްސަލައަށް އޮތް ހައްލަކީ މެންބަރުން ވަކިކުރުމުގެ ބަދަލުގައި، މެންބަރަކު ރައްޔިތުންގެ މެންޑޭޓަށް ހިޔާނާތްތެރިވެއްޖެކަން ނިންމުމުގެ ބާރު ސީދާ ރައްޔިތުންނަށް ދިނުން ކަމަށް ފައްޔާޒު ހުށަހެޅުއްވިއެވެ.

ރިކޯލް ވޯޓެއް ނެގުމަށް އޭނާ ހުށަހަޅުއްވާ އުސޫލަކީ:

1) ދާއިރާގެ ވޯޓުލާ އާބާދީގެ 40 އާއި 45 އިންސައްތަ މީހުން ސޮއިކޮށް ޕެޓިޝަނެއް ހުށަހެޅުން.

2) އިލެކްޝަންސް ކޮމިޝަނުން ސޮއިތަކުގެ ސައްހަކަން ކަށަވަރުކުރުން.

3) އެއަށްފަހު ރިފަރެންޑަމްއެއް ނަގައި ރައްޔިތުންގެ ބަސް ހޯދުން.

ނަމަވެސް، މިފަދަ ވޯޓެއް ނެގޭނެ ވަގުތުތަކަށް ހުދޫދުތަކެއް ކަނޑައަޅަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދައުރުގެ ފުރަތަމަ ހަ މަސް އަދި ފަހު ހަ މަސް ދުވަހު ރިކޯލް ނުކުރެވޭ ގޮތް ހެދުމާއި، ދެ ރިކޯލް ވޯޓު ދެމެދު ވަކި މުއްދަތެއް އޮތުމަކީ ވެރިކަން ހިންގުމަށް ހުރަސް އެޅުނަ ނުދީ ހިފެހެއްޓޭނެ އުސޫލެއް ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
އަހުދުނާމާ
ކީއްވެތޯ ތިޔަބޭފުޅުންގެ ވެރިކަމުގަ ތިޔަކަހަލަ މޮޅެތި ގޮތްތައް ނުހެދީ އަބަދުވެސް ވެރިކަމުން ފޭބީމަ ތިޔަކަހަލަ ވިސްނުން އަންނަނީ
22 Feb 2026
ގުޅޭ ލިޔުންތައް
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.