ބީއެމްއެލް އެޕް-- ފޮޓޯ/ ވޮއިސް
ހަބަރު
22 Feb 2026 | 15:00
ބީއެމްއެލް އެޕް މެދުވެރިކޮށް ބޭސްފަރުވާއަށް ޑޮލަރު ގަތުމަށް މިހާރު އެދެވޭނެ

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޑޮލަރަށް އެދި ހުށަހެޅޭނެ އިންތިޒާމް މިއަދު ހަމަޖައްސައިފިއެވެ.

މި އާ އިންތިޒާމުގެ ދަށުން، ބޭސްފަރުވާއަށް ބޭނުންވާ މުހިންމު ލިޔެކިޔުންތަކާއި މައުލޫމާތު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ހުށަހެޅޭނެއެވެ. އަދި ހުށަހަޅާފައިވާ ހުށަހެޅުމުގެ މިހާރުގެ ހާލަތު ނުވަތަ އަދާހަމަތައްވެސް އެޕް މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް ބަލާލެވޭނެ ކަމަށް ބޭންކުން މައުލޫމާތުދެއެވެ.

ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން އާސަންދަ ނުވަތަ އެންސްޕާގެ އެހީގައި ދަތުރުކުރާ ފަރާތްތަކަށް 2000 ޑޮލަރާ ހަމައަށް ބޭންކުން ޑޮލަރު ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކާނެއެވެ. ބޭންކުން ބުނި ގޮތުގައި މިގޮތަށް ވިއްކާ ޑޮލަރު ޖަމާކޮށްދޭނީ ސީދާ އެދި ހުށަހަޅާ ފަރާތުގެ ބީއެމްއެލް އެކައުންޓަށެވެ.

ޑޮލަރު ގަތުމަށް އެދި ހުށަހަޅާއިރު ބޭނުންވާ ލިޔެކިޔުންތަކަށް ބަލާއިރު، އާސަންދަ ނުވަތަ އެންސްޕާ މެދުވެރިކޮށް ހުށަހަޅާނަމަ، އެހީ ލިބުނުކަމުގެ ލިޔުމާއި، ޓިކެޓް އަދި ޕާސްޕޯޓް ކޮޕީ ހުށަހަޅަންޖެހެއެވެ. އަދި އަމިއްލަ ގޮތުން ބޭސްފަރުވާއަށް ދާ ފަރާތްތަކުން ޞިއްޙީ ފަރުވާ ބޭނުންވާކަން ކަށަވަރުކޮށްދޭ ޑޮކްޓަރުގެ ލިޔުމަކާއި ހޮސްޕިޓަލް އެޕޮއިންޓްމަންޓް ހަމަޖެހިފައިވާކަމުގެ ލިޔުން ހުށަހަޅަންޖެހޭނެއެވެ.

މީގެ އިތުރުން، ތިންވަނަ ފަރާތެއްގެ އެކައުންޓަށް ނުވަތަ ބަލިމީހާއާއެކު ދަތުރުކުރާ އެހީތެރިއެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން ބޭނުންވާނަމަ، ބަލިމީހާއާއި ފައިސާ ޖަމާކުރާ ފަރާތާ އޮތް ގުޅުން އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބޭންކުން ބުނެއެވެ.

ބީއެމްއެލްއިން ވަނީ ދާދި ފަހުން ޑެބިޓް ކާޑުގެ ލިމިޓްތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މިދިޔަ ނޮވެންބަރު މަހުން ފެށިގެން ރާއްޖޭން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދު 1000 ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ. އަދި އެއާލައިން ޓިކެޓް ގަތުމަށާއި، ރާއްޖޭން ބޭރުގެ ހޮޓާތަކަށް ފައިސާ ދެއްކުމަށް ޑެބިޓް ކާޑުން ޚަރަދު ކުރެވޭ އަދަދު 3000 ޑޮލަރަށް ވަނީ މަތިކޮށްފައެވެ. މި ބަދަލުތަކާއެކު، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ހޮސްޕިޓަލްތަކަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.