ސްޕާސް ކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ... ފޮޓޯ: އާސެނަލް
ކުޅިވަރު
23 Feb 2026 | 11:01
ސްޕާސް އަތުން މޮޅުވެ، ލީގް ހޯދުމުގެ ރޭހުގެ ކުރީގައި އާސެނަލް ހަމަޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ސްޕާސް އާއި އާސެނަލް ބައްދަލުކުރި ބޮޑުމެޗް އާސެނަލް ކާމިޔާބުކޮށް، ލީގް ހޯދުމުގެ ރޭހުގެ ކުރީގައި ހަމަޖެހިލައިފިއެވެ.

ސްޕާސްގެ ދަނޑުގައި ކުޅުނު މިމެޗް، އާސެނަލް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗްގައި އާސެނަލްގެ ތަރިއަކަށްވީ އެބެރޭޗީ އެޒޭ އެވެ. އެޒޭ ވަނީ މިމެޗްގައި ދެ ލަނޑު ޖަހާފައެވެ. މެޗްގައި އާސެނަލަށް ގޯލް ހުޅުވާލަދިނީވެސް އެޒޭ އެވެ. އެއީ މެޗްގެ 32 ވަނަ މިނެޓް ތެރޭގައި ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އެޒޭ ލަނޑެއް ޖަހައި ކުރިހޯދާފައިވަނިކޮށް ސްޕާސްގެ ކޯލޯ މުއާނީ ވަނީ އޭގެ މިނެޓެއް ފަހުން ލަނޑެއް ޖަހައި އާސެނަލް ހާސްކޮށްލާފައެވެ. މުޅި މެޗްގައިވެސް އާސެނަލް ކުޅުންތެރިންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. މެޗްގައި ދެވަނަ ފަހަރަށް އާސެނަލަށް ލީޑށް ނަގައިދިނީ ދެވަނަ ހާފްގެ ކުޅުން ފެށިތާ މާ ގިނައިރުތަކެއްނުވެ ގިޔޮކޯރެސް އެވެ. މެޗްގައި އާސެނަލްގެ ތިންވަނަ ލަނޑު 61 ވަނަ މިނެޓް ތެރޭގައި އެޒޭ ކާމިޔާބުކޮށްދިން އިރު، ފަހުލަނޑު ކާމިޔާބުކޮށްދުނީ ގިޔޮކޯރެސް އެވެ.

މިމެޗުން ލިބުނު މޮޅާއެކު އާސެނަލަށް ވަނީ ޕްރިމިއާ ލީގް ތާވަލްގައި އެއްމެޗް އިިތުރަށްކުޅެ 5 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. 

ލީގް ޕޮއިންޓް ތާވަލް... މައުލޫމާތު: ލައިވް ސްކޯ

މެޗަށްފަހު އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ވަނީ އޭނާގެ ކުޅުންތެރިންގެ ކުޅުމަށް ވަރަށްބޮޑަށް ތައުރީފްކޮށް ވާހަކަދައްކާފައެވެ. އެގޮތުން މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރިގޮތަށް ކުޅުންތެރިންގެ ފަރާތުން މޮޅުވުމުގެ ރޫހު ކިތަންމެހާވެސް ރަނގަޅަކަށް ފެނިގެން ގޮސްފައިވާކަމަށް އަޓޭޓާ ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.