ވީޑިއޯ އާއްމުކުރި ޓީޗަރު-
ދުނިޔެ
23 Feb 2026 | 13:17
މުސްލިމު ދަރިވަރުންތަކެއްގެ އީމާންތެރިކަން ފެނި އެމެރިކާގެ ޓީޗަރަކަށް ރޮވިއްޖެ

އެމެރިކާގެ މިނެސޯޓާގެ ސެއިންޓް ޕޯލްގެ ސްކޫލެއްގެ ގްރޭޑް ފަހެއްގައި ކިޔަވާ މުސްލިމު ދަރިވަރުންތަކެއްގެ އީމާންތެރިކަމާއި ނަމާދަށް ބެހެއްޓި ސަމާލުކަން ފެނި، އެ ސުކޫލުގެ ޓީޗަރަކަށް ރޮވިއްޖެއެވެ.

ޓިއާ ޑޯނީ ނަމަކަށް ކިޔާ މި ޓީޗަރު މީސްމީޑިއާގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނިގޮތުގައި، މި ހާދިސާ ހިނގީ އޭނާ ވަރޗުއަލްކޮށް ދަރިވަރުންނަށް ކިޔަވައިދިނުމަށްފަހު، މެންދުރުގެ ކެއުމުގެ ވަގުތަށް ބްރޭކް ނެގި ވަގުތެވެ.

ޓީޗަރު ކިޔައިދިން ގޮތުގައި، އޭނާ ކްލާސްރޫމްގައި އިންދާ ކޮރިޑޯ ތެރެއިން އަޑުތަކެއް އިވިގެން ބޭރަށް ނުކުމެ ބެލިއިރު، ގްރޭޑް 5ގައި ކިޔަވާ މުސްލިމު ދަރިވަރުންތަކެއް ނަމާދުކުރާނެ ތަނެއް ހޯދުމަށް މަސައްކަތް ކުރަނީއެވެ. އާންމުކޮށް އެ ދަރިވަރުން ނަމާދުކުރަނީ ސްކޫލް ކައުންސިލަރުގެ ކޮޓަރީގައެވެ. ނަމަވެސް އެ ދުވަހު ކައުންސިލަރު ސްކޫލަށް ހާޒިރުވެ ނެތުމުން، އެ ކުދިން ޓިއާގެ ގާތުން އޭނާގެ ކޮޓަރީގައި ނަމާދުކޮށްލުމުގެ ހުއްދައަށް އެދުނެވެ.

ޓީޗަރު ބުނިގޮތުގައި، އެ ކުދިން ނަމާދުކުރަން ތިއްބާ އޭނާ މޭޒު ދޮށުގައި އިނދެގެން އެ މަންޒަރު ބެލިއެވެ.

"އެކުދިންނަށް މިއީ ރޯދަމަސް. އެއީ މުސްލިމުން އަދާކުރާ އަޅުަކަމެއް. އަހަރެންނަށް ފެނުނީ އެމީހުންގެ ދީނަށް އަމަލު ކުރާތަން. އެއްވެސް ބޮޑު މީހަކު އެކުދިންނަށް މަޖުބޫރު ކުރުމެއް ނެތި. އަދި އެއްވެސް މީހަކު އިރުޝާދު ދޭން ނެތި، އެ ހަތަރު ދަރިވަރުން ނުހަނު ސީރިއަސްކަމާއެކު އެކަކު އަނެކަކާ އެއްވަރަށް ރުކޫޢުކޮށް، ސަޖިދަކޮށް، ނަމާދުގެ ހަރަކާތްތައް ފުރިހަމަކުރި ގޮތަކީ ފެނުނު ނުހަނު ރީތި މަންޒަރެއް،" ޓިއާ ބުންޏެވެ.

އެ ދަރިވަރުންގެ އަމަލުތަކާއި ދީނަށް އޮތް ލޯބި ފެނިފައި، ޓީޗަރަށް އުފަލުން ރޮވުނު ކަމަށާ، ކުދިން ނަމާދު ނިންމާލުމަށްފަހު ޓީޗަރު ރޮނީ ކީއްވެތޯ ސުވާލުކުރުމުން، އޭނާ ބުނީ އެކުދިންނާ މެދު ފަޚުރުވެރިވާ ކަމަށް ކަމަށް ބުނެފައިވެއެވެ.

"އެހާ ތުއްތު ކުދިބަޔަކު، ބޮޑު މީހަކު ބުނުމަކާ ނުލައި، ނަމާދު ވަގުތު ޖެހުމުން އެކަމަށް އިސްކަންދީ، އެހާ ފުރިހަމައަށް އެކަން ކުރިތަން ފެނުމުން އަހަރެންނަށް ވަރަށް އަސަރުކޮށްފި،" ޓީޗަރު ބުންޏެވެ.

މި ވީޑިއޯ މީސްމީޑިއާގައި އާންމުވުމާއެކު، ގިނަ ބަޔަކު ދަނީ އެ ދަރިވަރުންގެ ތައުރީފު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.