މަންފާގެ އެކަޑަމީގެ އިސް ބޭފުޅުން -- ފޮޓޯ: ފައިލް
ހަބަރު
23 Feb 2026 | 16:55
ޤުރްއާނާ ގުޅޭ ބިޔަ ޙަރަކާތްތަކެއް ކުރިއަށް ގެންދަން މަންފާއިން ނިންމައިފި

ކީރިތި ޤުރްއާންގެ ޢިލްމާ ގުޅޭ ބިޔަ ޙަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް މަންފާއިން ނިންމައިފި އެވެ.

މަންމާއިން މިކަން ނިންމާފައިވަނީ މިއަދު ހަވީރު ބޭއްވި އެ ޖަމްޢިއްޔާގެ ހިންގާ ކޮމެޓީގެ ޚާއްސަ ބައްދަލުވުމެއްގަ އެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި މި ޙަރަކާތާ ގުޅޭ އިތުރު ތަފްސީލް ވަރަށް އަވަހަށް ހާމަކުރާނެ އެވެ.

މަޝްހޫރު ޤާރީ, މުހައްމަދު ތައުފީޤު (ޤާރީ ތާއްޕެ)

މި ބިޔަ ހަރަކާތުގެ އިސް ބޭފުޅަކަށް ހަމަޖައްސާފައިވަނީ މަޝްހޫރު ޤާރީ, މުހައްމަދު ތައުފީޤު އަލީ (ޤާރީ ތާއްޕެ) އެވެ. ވޮއިސްއާ ވާހަކަ ދައްކަވަމުން ތަޢުފީޤު ވިދާޅުވީ މި ހަރަކާތާއެކު ގެނެސްދޭނީ ޤުރުޢާނުގެ ބޮޑު ބަހާރެއް ކަމަށެވެ. 

"ސިލްސިލާ ގޮތެއްގައި މި ހަރަކާތް މުޅި ރާއްޖޭގައި އިރާދަކުރެއްވިއްޔާ ހިންގުމަށް މި ނިންމީ. މި ހަރަކާތް އޮންނަ ރަށަކަށް ނުވަތަ އަތޮޅަކަށް އަޅުގަނޑުމެން މި ގެނެސްދެނީ ޤުރުއާނުގެ ބޮޑު ބަހާރެއް. ޤުރުއާނުގެ ޢިލްމާއި ޤުރުޢާނާއި ގުޅޭ ތަފާތު އެކިއެކި ކަންކަން," ތަޢުފީޤު ވިދާޅުވި އެވެ.

މަންފާ - ހަގު ޖަމިއްޔާއެއް ނަމަވެސް މިހާރު އެއްވަނަ

"މަންފާ" ޖަމިއްޔާ އަށް އަދި މިވީ ދިހަވަރަކަށް މަސް ދުވަހެވެ. ނަމަވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މަންފާ ވެފައިވަނީ ރާއްޖޭގެ ދައުވަތުގެ މައިދާނުގެ އެއްވަނަ އަށެވެ. ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށް ތަފާތު ޕްރަގްރާމްތައް ދަނީ ހިންގަމުންނެވެ. އެ ޕްރަގްރާމްތަކަށް ހުރިހާ ރަށަކުން ވެސް ބޮޑު ތަރުހީބެއް ލިބެމުން ދެ އެވެ.

އެގޮތުން ދަރުސްތަކާއި ފޯރަމްތަކާއި އަގީދާ އަދި ނަމާދު ވޯކްޝޮޕްތަކާއި އެ ނޫން ވެސް ގިނަ ހަރަކާތްތައް ހިމެނެ އެވެ.

މިފަދަ ޕްރަގްރާމްތައް ހިންގަން ވަރަށް ގިނަ ރަށްރަށުން މަންފާއަށް ދަނީ ރިކްއެެސްްޓްތައް ލިބެމުންނެވެ. މި ރޯދަ މަހުވެސް ކޮންމެ ހަފްތާ ބަންދަކު އެކި ރަށްރަށުގައި ތަފާތު ޕްރަގްރާމްތައް ހިންގަ އެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދީނީ ތަފާތު މަައުލޫމާތުތައް ކޮންމެ ދުވަހަކު ފޯރުކޮށްދެ އެވެ.

މަންފާ އުފެއްދި އަދި އެ ޖަމިއްޔާގެ ރައީސަކީ ދިވެހީންގެ ވަރަށް ބޮޑު ލޯބްތަކާއި އިހްތިރާމެއް އޮތް އަލީ ރަމީޒެވެ. އޭނާ ގެންދަނީ ދައުވަތުގެ މައިދާނުގައި ވަަރަށް މުހިންމު ދައުރެއް އަދާ ކުރަމުންނެވެ. އޭނާގެ އެ މަސައްކަތަށް މިހާރު 22 އަހަރުވީ އެވެ.

ކޮމެންޓް
ނަދީމް
މާޝާﷲ، މަންފާ ބެސްޓު. ﷲ ބަރަކާތް ލައްވާށި
23 Feb 2026
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.