ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު ނިމުން --
ހަބަރު
23 Feb 2026 | 23:32
ފަންސާސް ދުވަސްތެރޭ ދިއްދޫ ބިންހިއްކާ ނިންމާލައިފި، ރަށް ދެގުނަ ބޮޑުވެއްޖެ

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

މަސައްކަތް ފެށިތާ 50 ދުވަސްތެރޭ ދިއްދޫގެ ބިމަށް ވަނީ 112 ހެކްޓަރުގެ ބިން އިތުރުކޮށްފަ އެވެ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު ކާމިޔާބު ކަމާއެކު ނިންމާލާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް މިރޭ ވަނީ އިއުލާނު ކުރައްވާފަ އެވެ.

ބިން ހިއްކާ ނިމިފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއެކު ރައީސް ކުރެއްވި ޕޯސްޓްގައި ވަނީ މަސައްކަތަށް ހޭދަވީ އެންމެ 50 ދުވަސްކަން ފާހަގަ ކުރައްވާފަ އެވެ. އަލަށް ހިއްކި ބިމާއެކު ދިއްދޫގެ ބިމުގެ ސައިޒު ވަނީ ދެގުނަ ބޮޑުވެފަ އެވެ.

ދިއްދޫ ބިން ހިއްކަން ފެށީ އެރަށުގެ އެއަރޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމުގެ ބޭނުމަށެވެ. މި މަސައްކަތް އެމްއޭސީއެލްއިން ފެށީ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހެވެ. 

މި މަޝްރޫއު ކުރިއަށް ގެންދިޔައީ މުޅި ދުނިޔޭގައި ވެސް މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރުގެ ތެރޭގައި ހިމެނޭ އެއް ޑްރެޖަރު ބޭނުންކޮށްގެންނެވެ.  ޓްރެއިން ސަކްޝަން ހޮޕަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ، 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ. 

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު ނިމުން -- 

ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެރަށާއި ސަރަޙައްދުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެކެވެ. އެ ރަށަކީ 5000 މީހުން ރަޖިސްޓްރީވެފައިވާ އާބާދީއެއް އޮތް ރަށެއްކަމުގައި ވިޔަސް، އެ ރަށުގެ ތަޢުލީމާއި ޞިއްޙީ ފަރުވާފަދަ ބޭނުންތަކަށް އެރަށަށް ހިޖުރަކޮށް ދިރިއުޅޭ މީހުންނާއެކު އެ ރަށުގައި ދިރިއުޅޭ އާބާދީ 7000 އަށް އަރަ އެވެ. 

އެހެންކަމުން، ބިން ހިއްކާ، އެ ބިމުގައި ގާއިމު ކުރެވޭ ބޯހިޔާވަހިކަމުގެ ވަސީލަތްތަކާއި، އެއާޕޯޓާއިއެކު، މުޅި އެ ސަރަޙައްދަށްވެސް އިޤްތިޞާދީ ބޮޑެތި ކުރިއެރުންތައް ލިބޭނެކަމަށް ސަރުކާރުން ހާމަކުރެ އެވެ.  

ކޮމެންޓް
ފާތު
މިރަށުގަވެސްއެބޮތް ހިއްކާފަބޮޑުބިމެއް ޔާމީނު ދައުރުގަ އެކަމްފުލެޓެއްނާޅާ ގޯއްޗެއްނުދިން ގެދޮރުގެދަތިކަންއެހާބޮޑު ޔާމީނު ފޭބިފަހުންވެސް ދެދައުރު ނިމެނީ ވެރިކަމުގެ ވީކަމެއްހަރާން
24 Feb 2026
ޢަލީ
ތިވީމާދެރަގޮތެއް ދިއްދޫގެ ނަންވެސް ބަދަލްކުރަންޖެހުނީ ފަތްދުލަށް
24 Feb 2026
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.