ޕިއްޒާ ޕޮކެޓް
ލައިފްސްޓައިލް
24 Feb 2026 | 09:51
މިއަދު ރޯދަ ވިއްލާގަޑީގައި ކާލަން ޕިއްޒާ ޕޮކެޓް ކިހިނެއް ވާނެ؟

ޕިއްޒާއަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ކަމުދާ ވަރަށް މީރު އެއްޗެކެވެ. އަދި ޕިއްޒާ ޕޮކެޓް އަކީ ޕިއްޒާއަށްވުރެވެސް މީރު، އަނގަޔަށް ވިރިގެންދާ ފަދަ ހެދިކާއެކެވެ. މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޕޮއްޒާ ޕޮކެޓްގެ ރެސިޕީއެވެ.

ބޭނުންވާ ތަކެތި

1/2 މޭޒުމަތީ ސަމުސާ ތެޔޮ

1 ސައިސަމުސާ ލޮނުމެދު ޕޭސްޓް

ކުޑަ 1 ފިޔާ (ކުދިކޮށް ޗޮޕް ކޮށްފައި)

1 ޖޯޑު މިންސްޑް ކުކުޅު

1 ޓޮމާޓޯ (ޗޮޕްކޮށްފައި) 

1 މޭޒުމަތީ ސަމުސާ ޕިއްޒާ ސޯސް

1 ސައިސަމުސާ މުގުރި އަސޭމިރު

ބެލްޕެޕާ އެއްގެ ދެބައިކުޅައެއްބައި (ކުދިކޮށް ޗޮޕް ކޮށްފައި)

ރަހަލާވަރަށް ލޮނު

2 މޭޒުމަތީ ސަމުސާ މަޔޮނައިޒް

ގާނާފައި ހުރި މޮޒެރެއްްލާ ޗީޒް

ޕާން

ފާރޮށި ކުނޑި

4 ބިސް

ތެޔޮ

ތައްޔާރު ކުރާނެގޮތް

ތަވަޔަށް ތެޔޮފޮދު އެޅުމަށްފަހު، ހޫނުވުމުން ލޮނުމެދު އަޅައި ކުޑަކޮށް ފްރައިކޮށްލާށެވެ. ދެން ފިޔާ އަޅައި އެވެސް ފްރައި ކޮށްލާށެވެ. 

އެއަށްފަހު ކުކުޅު، އަދި ލޮނު އަޅާލައި ރޯ ފިލަންދެން ކައްކާށެވެ. 

ކުކުޅު ރޯފިލުމުން ރޯ ޓޮމާޓޯ، އަސޭމިރުސް، އަދި ޕިއްޒާ ސޯސް އަޅާލައި، އެކުލަވާލުމަށްފަހު، މަތިޖަހައިގެން، މަޑު ގިނީގައި ގާތްގަނޑަކަށް 10 މިނެޓް ވަންދެން ކައްކާލާށެވެ. 

ދެން ބެލްޕެޕާ އަޅައި އެކުލަވާލުމަށްފަހު މަޔޮނައިޒްވެސް އަޅާލައި އެކުލަވާލާށެވެ. ދެން އިރުކޮޅަކު ކައްކާލުމަށްފަހު އުނދުން ނިއްވާލާށެވެ. 

ޕިއްޒާ ޕޮކެޓް ހެދުމަށް ޕާން ފޮތިތައް ތުނިކޮށް ދަމާލާށެވެ. 

ދެން ތިނެސްކަން ވާގޮތަށް އެއްފަޅިއަށް މަސް އެޅުމަށްފަހު، މައްޗަށް ޗީޒް އަޅާލާފައި، އަނެއްފަޅީގެ ކައިރިފަށުގައި ފެންފޮދެއްލައި ތެންމާލުމަށްފަހު ބަންދުކޮށްލާށެވެ. ކައިރިފަށް އަތުން ފިތާލައި ހަރުކޮށްލަންވާނެއެވެ. 

އެއަށްފަހު، ތަޅާފައި ހުރި ރޯ ބިހުގެ ތެރެއަށް އެ ލުމަށްފަހު، ފާރޮށި ކުނޑިއަށް ލައި ރަނގަޅަށް ފާރޮށި ކުނޑި އުނގުޅާލާށެވެ. 

ދެން ރަން މުށި ކުލަ އަރަންދެން ތެލުލާލާށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ