ޕީއެންސީން މިއަދު ގަލޮޅުގައި ކުރިއަށްގެންދިޔަ ޑޮޓުޑޯ ކެމްޕެއިން ހަރަކާތް...
ހަބަރު
24 Feb 2026 | 16:25
ދައުލަތަށް ހަރަދުކުޑަ، ރައްޔިތުންނަށް ލުއިވާނީ ދެ އިންތިހާބު އެއްކޮށްލުމުން: ޣައްސާން

މިހާރު ހުރިހާ ގޮތަކުންވެސް ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ ދެ އިންތިހާބު އެކުގައި ކުރިއަށްގެންދިއުންކަމަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީން މިއަދު ގަލޮޅު އުތުުރު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ ދައުލަތަށް ހަރަދުކުޑަ، އަދި ރައްޔިތުންނަށް އެންމެ ލުއިގޮތަކީވެސް ދެ އިންތިހާބު އެއްކޮށްލުންކަމަށެވެ. 

ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެ ދެ އިންތިހާބު އެއްކޮށްލުމަކީ މީގެ ކުރިން އިދިކޮޅު ފަރާތްތަކުންވެސް ދައްކަމުްނދިޔަ ވާހަކަތައްކަމަށެވެ. އެހެންކަމުން ކުރިން އެގޮތަށް ވާހަކަތައް ދައްކަވާފައި މިހާރު ޕީއެންސީން އެކަންކުރަން އުޅުމުން އެކަމާ ދެކޮޅުވާންޖެހޭ ސަބަބެއް ނުވިސްނޭކަމަށް ޣައްސާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވެސް އޭރު ވިދާޅުވެފަ އޮތީ ހުރިހާ އިންތިޚާބެއް އެއްކޮށްލުމަކީ އެންމެ ފައިދާހުރި ގޮތްކަން. ދެން މިއަދު އޭގެ އިދިކޮޅަށް އެތިއްބެވީމަ، އެހެންވީމަ އަޅުގަނޑަށް އެހާ ބޮޑަކަށް ސާފެއް ނޫން އެބޭފުޅުންގެ އިޚުލާސްތެރިކަން މި ވަގުތު އެހުރި ގޮތެއް

ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން 

ޣައްސާން ވިދާޅުވީ ރައްޔިތުންނަށް އެންމެ ލުއިވާނެ އަދި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ޤައުމު ހިންގޭނެ އެންމެ ރަނގަޅު ގޮތަކީވެސް އެއީކަމަށާއި، ދެ އިންތިހާބު އެއްކޮށްލުމަކީ ޕާޓީގެ ފަރާތުން ރައްޔިތުންނަށްޓަކައި ކުރަން ބޭނުންވާ ކަމެއްކަމަށެވެ. 

ދެ އިންތިހާބު އެއްކުލަށް ސަރުކާރުން ގެންގުޅެމުންދާ ސިޔާސަތަށް އިދިކޮޅު އެމްޑީޕީން ފާޑުކިޔަމުންދާއިރު، އެޕާޓީން ވަނީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ހަރަކާތްތަކެއް ހިންގުމަށް ނިންމާފައެވެ. އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ، ސަރުކާރުން ދެ އިންތިހާބު އެއްކޮށްލަން އުޅެނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށާއި، އެންމެބޮޑު ބޭނުމަކީ ރައްޔިތުން ބަސްބުނަން އޮތް މަގު ހަނިކުރުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.