އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް
ހަބަރު
26 Feb 2026 | 00:05
ޗާގޯސްއަށް ދައުވާކުރުމުގެ ހައްގު އެންމެ ބޮޑީ ރާއްޖެއަށް: ނައިޖަލް ފަރާޖް

ފޯޅަވަހީގެ ރަށްތަކަށް ނުވަތަ ޗާގޯސްއަށް ދައުވާކުރުމުގެ ހައްގު އެންމެ ބޮޑީ ދިވެހިރާާއްޖެއަށް ކަމަށް އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. ޗާގޯސް މައްސަލާގައި ވަރަށް ތަފްސީލުކޮށް ދެއްކެވި ވާހަކަގައި ނައިޖަލް ވިދާޅުވި ގޮތުގައި ޗާގޯސްއަށް ދައުވާކުރުމުގެ ހައްގު ރާއްޖެއަށް އޮތް ކަމުގެ ސާފު ހެކި ފެނެ އެވެ. އަދި ތާރީހީ ގޮތުންނާއި އަދި ޖިއޮގްރަފީގެ ގޮތުން ބެލި ނަމަވެސް އެ ހައްގު އެންމެ ބޮޑީ ދިވެހީންނަށް ކަމަށް ވިދާޅުވި އެވެ.

ޗާގޯސް މައްސަލާގައި ރާއްޖެއިން ސާފު ސްޓޭންޑެއް ގެންގުޅޭކަން ފާހަގަ ކުރައްވާ އޭނާ ވަނީ ބައިނަލްއަގުވާމީ ކޯޓުގައި އެ ދައުވާ އުފުލަން ރާއްޖެއިން ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެ ދައުވާ ކުރުމުގެ ހައްގު ދިވެހިރާއްޖެއަށް ފުރިހަމައަށް އެބައޮތް ކަމަށެވެ.

އޭގެ ބަދަލުގައި އެ ހައްގު އެންމެ ބޮޑީ މޮރިޝަސްއަށް ކަމަށް ބުނުމަކީ ހަމަޖެހޭ އަދި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

މޮރިޝަސްގެ ދައުވާގައި އަސާސެއް ނެތް

ފޯމް ޕާޓީގެ ލީޑަރުގެ ވާހަކަގައި ޗާގޯސްގެ މައްސަލާގައި މޮރިޝަސްއަށް ދައުވާ ކުރެވޭނެ އެއްވެސް އަސާސެއް ނެތް ކަމުގައި ވިދާޅުވި އެެވެ. އެގޮތުން ތާރީހީ ގޮތުން ބެލިނަމަވެސް އަދި ޖިއޮގްރަފީވެސް މޮރިޝަސްއަށް އެ ދައުވާ ކުރެވޭނެ ހަމައެއް ނެތް ކަމުގައި ވިދާޅުވި އެވެ.

ޗާގޯސްއާ ރާއްޖެއާ އޮތީ ތާރީހީ ގޮތުންވެސް ގުޅިފައި ކަމަށާ ފަރަންސޭސިންގެ ބާރުގެ ދަށަށް އެ ރަށްތައް ގެންދިއުމަށް ފަހު ދިވެހި ބަހުން ދީފައިވާ ނަންތައް ބަދަލުކޮށްފައިވާކަން ފެންނަން އޮތް ކަމުގައިވެސް ވިދާޅުވި އެވެ. އެފަދަ އެއްވެސް ހެއްކެއް މޮރިޝަސްއާ ގުޅޭގޮތުން ނެތް ކަމުގައި ވިދާޅުވި އެވެ.

ޗާގޯސްގެ މިނިވަންކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ކުރީން ނިންމި އެވެ. ނަމަވެސް އެކަން ފަހުން އޮތީ މަޑުޖެހިފަ އެވެ.

ޗާގޯސްގެ ރަށްތަކުގެ ސިޔާދަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އަލުން ހޯއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އެވެ. އެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.