ކެންދޫ އިންޖީނުގެ ހުޅުވުން: ފޮޓޯ/ ފެނަކަ
ހަބަރު
27 Feb 2026 | 09:31
ބ.ކެންދޫ އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވައިފި

ބ. ކެންދޫގައި ފެނަކައިން ޤާއިމްކުރި އައު އިންޖީނުގެ އާއި ފެނަކަ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

އެކަމަށްޓަކައި އެރަށުގައި ބޭއްވުނު ރަސްމިއްޔާތުގައި އައު އިންޖީނުގެ އާއި އޮފީސް ހުޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙެވެ.

ކެންދޫގައި އަލަށް ޤާއިމްކުރެވުނު މި އިންޖީނުގޭގެ މަސައްކަތް 2021 ވަނަ އަހަރު ޙަވާލުކުރެވުނީ އަމިއްލަ ފަރާތަކާއެވެ. ނަމަވެސް ދިމާވި ބައެއް ގޮންޖެހުންތަކާއެކު މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، 2024 ވަނަ އަހަރުގެ އޮކްޓޫބަރު ބަހު އަލުން މަސައްކަތް ފަށައި، ނުނިމި ހުރި މަސައްކަތްކޮށް ނިންމާފައިވަނީ ފެނަކައިގެ ފަރާތުންނެވެ. 

އަލަށް ހުޅުވުނު އޮފީސް އިމާރާތަކީ، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ، ޖާގަ ތަނަވަސް އިމާރާތެކެވެ. މިއާއެކު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ފެނަކައިން ބުނެއެވެ. 

އަލަށް ހުޅުވާ، ޚިދުމަތަށް ގެނެވުނު އިންޖީނުގެއަކީ، ޖާގަ ތަނަވަސްކޮށް، 4 ބެޑާއެކު ޖުމްލަ 1200 ކިލޯވޯޓުގެ ކެޕޭސިޓީގައި ޚިދުމަތް ދެވޭ ގޮތަށް ޤާއިމްކުރެވުނު އިންޖީނުގެއެކެވެ. އިންޖީނުގޭގައި, 600ކވގެ މުޅިން އައު އިންޖީނެއް ވަނީ ބަހައްޓާފއެވެ. އަދި މިއާއެކު ކަރަންޓު ދެވޭ ކެޕޭސިޓިވަނީ އިތުރު ކުރެވިފައެވެ. މި އަދަދު އިތުރު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަންމުން އަންނަ ކަމަށް ފެނަކައިން ބުނެއެވެ.

 މީގެ ކުރިން އެރަށުގައި ހިންގަމުން ދިޔަ އިންޖީނުގެއިން ކަރަންޓު ފޯރުކޮށްދެވޭ އެންމެ މަތީ ކެޕޭސިޓީއަކީ 380ކިލޯވޯޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.