ނަމާދު ކުރަނީ- ފޮޓޯ/ ވޮއިސް
ދީން
27 Feb 2026 | 13:00
ރަމަޟާންމަހަކީ ކަންނެތްވެ، މަސައްކަތް ހުއްޓާލައި ނިދުމުގެ މަހެއް ނޫން: ޚުތުބާ

ރަމަޟާން މަހަކީ ކަންނެތްކަން އިޚުތިޔާރުކޮށް، މަސައްކަތްތައް ހުއްޓާލައި ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން ކަމަށާއި، އެއީ އަޅުކަމުގައި ހީވާގިވެ ކުރިއަރައިދާންވީ މައްސަރުކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ނަޞްރާއި ކާމިޔާބުގެ މައްސަރު" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، ރަމަޟާން މަހުގެ، ޚާއްޞަކޮށް ފަހު ދިހައަކީ އިތުރަށް ހީވާގިވެ އަޅުކަމުގެ ކަމަރުބަންނަންވީ ދުވަސްތަކެއް ކަމަށެވެ.

މިކަމުގެ ދަލީލެއްގެ ގޮތުން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަالله ޢަންހާގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

 أُمُّ الْمُؤْمِنِيْنَ عَائِشَةَ رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެން ވެއެވެ. ‏(كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ شَدَّ مِئْزَرَهُ، وَأَحْيَا لَيْلَهُ، وَأَيْقَظَ أَهْلَهُ) މާނައީ: "ރަމަޟާންމަހުގެ ފަހުދިހައަށް އެޅުމުން ރަސޫލާ ﷺ، އެކަލޭގެފާނުގެ ކަމަރު ބަންނަވައެވެ. އަދި އެ ރޭތައް އިޙުޔާކުރައްވައެވެ. އަދި އަޅުކަންކުރެއްވުމަށް އެކަލޭގެފާނުގެ އަހުލުން އަވަހާރަފުޅުން ނަންގަވައެވެ."

އަދި ވެސް އެކަމަނާގެ އަރިހުން ރިވާވެގެން ވެއެވެ. ‏(‏‏أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَعْتَكِفُ الْعَشْرَ الْأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ.) މާނައީ: "ހަމަކަށަވަރުން ނަބިއްޔާ ﷺ ސުވަރުގެވަޑައިގެންފުމަށް ދާންދެން ރަމަޟާންމަހުގެ ފަހުދިހައިގައި އިޢުތިކާފަށް އިންނަވައެވެ. އަދި އެކަލޭގެފާނު ސުވަރުގެވަޑައިގަތުމަށް ފަހު، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން އިޢުތިކާފަށް ތިއްބެވިއެވެ."

ޚުތުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ރޯދަމަހުގެ ކާމިޔާބީ ހޯދަން ބޭނުންވާ މީހާ ލައިލަތުލްޤަދުރި ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. އެ ރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހަކީ ހުރިހާ ހެޔޮކަމަކުން މަޙުރޫމުވެފައިވާ އަބާއްޖަވެރިއެއް ކަމުގައި ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާކަން ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން، އިސްލާމްދީނަކީ އޯގާތެރިކަމުގެ ދީނަކަށްވާއިރު، ރާއްޖޭގައި ދިރިއުޅޭ އެހެން ދީންތަކުގެ މީހުންނަށާއި ބިދޭސީންނަށް އިޙުސާންތެރިވުމަށް ޚުތުބާގައި ނަޞޭހަތްތެރިވިއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކުން، ފަތުރުވެރިންނަށް ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދޭންޖެހޭނެ ކަމަށާއި، ނަމަވެސް އާންމުންގެ ކުރިމަތީގައި ފާޅުކަން ބޮޑު ގޮތެއްގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ދީނީގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ.

ފަތުރުވެރިން އާންމުންގެ ތެރޭގައި އުޅޭއިރު އިޖުތިމާޢީ މިންގަނޑުތަކަށް ފެތޭގޮތަށް އުޅުމަށް އިރުޝާދު ދިނުމަށް ކައުންސިލްތަކަށާއި ޚިދުމަތްދޭ ފަރާތްތަކަށް އިލްތިމާސްކުރައްވަމުން ޚުތުބާގައި ބުނީ، ބަރަހަނާ މަންޒަރުތަކުން ކުޑަކުދިންނާއި މުޖުތަމަޢު ސަލާމަތްކުރަން ޖެހޭ ކަމަށެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުން މިފަދަ ޤަވާޢިދުތައް ތަންފީޒުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށްވެސް ބުންޏެވެ.

ޚުތުބާ ނިންމާލަމުން، ރޯދައިގެ ތެރޭގައި ކުރެވޭ ކުށްތަކާއި ބޭކާރު ވާހަކަތަކުގެ ކައްފާރާއެއްގެ ގޮތުންނާއި ފަޤީރުންނަށް އެހީތެރިވުމުގެ ގޮތުން ފިޠުރު ޒަކާތް ދެއްކުމަށް އަވަސްވެގަތުމަށް ނަޞޭޙަތްތެރިވިއެވެ. ފިޠުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެއް ކަމަށާއި، ޢީދު ނަމާދުގެ ކުރިން އެ ވާޖިބު އަދާކުރުމަށް ޚުތުބާގައި ބާރުއަޅާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.