އީރާނަށް ހަމަލާދީފައި.. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
28 Feb 2026 | 12:00
އިސްރާއީލުން އިސްވެ، އީރާނަށް ހަމަލާ ދޭން ފަށައިފި

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން އިސްވެ، އީރާނަށް ވައިގެ ހަމަލާތައްދޭން ފަށައިފިއެވެ.

އަލްޖަޒީރާއިން ބުނީ، އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނަށް ވައިގެ ހަމަލާތަކެއް ދީފައިވާކަމަށެވެ. މިކަން އިސްރާއީލްގެ މީޑިއާތަކުންވެސް ވަނީ ރިޕޯޓްކޮށްފައެވެ. އިސްރާއީލްގެ މީޑިއާތަކުން ބުނެފައިވަނީ އެޤައުމުގެ އަސްކަރިއްޔާއިން ތެހެރާނަށް ހަމަލާދޭން ފަށާފައިވާކަމަށެވެ. މިއަދު ހަމަލާ ދީފައިވަނީ މިސެއިލް ބޭނުންކޮށްގެން ކަމަށާއި، މި ހަމަލާތައް ދިނުމުގައި އެމެރިކާވެސް ބައިވެރިވާކަމަށް އިސްރާއީލްގެ މީޑިއާއިން ބުންޏެވެ.

އީރާނަށް ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ ކޮން ތަންތަނަކަށް ކަމެއް އަދި ޔަގީނެއް ނޫނެވެ. ނަމަވެސް ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާންގެ ރައީސް ދިރިއުޅުއްވާ ގެކޮޅަށާއި، އިންޓަލިޖެންސް ހެޑްކުއާޓާސް އިމާރާތްތަކަށް ކަމަށް މީޑިއާގެ ބައެއް ރިޕޯޓްތައް ބުނެއެވެ.

އިސްލާއލުން އީރާނަށް ދިން މި ހަމަލާތަކާ ގުޅިގެން އަދި މިހާތަނަށް އީރާނުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެމެރިކާއިން އިއްޔެ ވަނީ އީރާނަށް ހަމަލާދޭނެ ކަމުގެ އިޝާރާތެއް ދީފައެވެ. އެގޮތުން އީރާނަށް ހަމަލާދޭނީ އިސްރާއީލުން ކަމަށްވެސް އެޤައުމުން ވަނީ ބުނެފައެވެ.

އިތުރު ތަފްސީލް އަންނަނީ..

ކޮމެންޓް
އާދަމް އިބްރާހީމް
ނެތްތަ ނިއުކުލިޔާ ބޮމެއް ހޭއަރުވާލަދޭނަން ނަތަންޔާހޫއަށް
28 Feb 2026
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.