ތެލްއަވީވްގައި ދިރިއުޅެމުންދާ މީހުން ބިންގަރާސްތަކަށް ވަންނަނީ.. ފޮޓޯ: އޭއެފްޕީ
ދުނިޔެ
28 Feb 2026 | 14:26
އީރާނުގެ އިންޒާރާއެކު އިސްރާއީލްގެ ރައްޔިތުން ބިންގަރާސްތެރެއަށް ވަންނަން ފަށައިފި

އިސްރާއީލުން ދިން މިސައިލް ހަމަލާތަކަށް ރައްދު ދޭނޭކަމުގެ އިންޒާރާއެކު، އިސްރާއީލްގެ ރައްޔިތުން ބިންގަރާސްތަކަށް ވަންނަން ފަށައިފިއެވެ.

އަލްޖަޒީރާއިން ބުނެފައިވަނީ، އީރާނުން ރައްދު ހަމަލާތަކުގެ އިންޒާރާއެކު ތެލްއަވީވް ތައްޔާރީ ހާލަތަކަށް އައިސްފައިވާކަމަށެވެ. އެގޮތުން ތެލް އަވީވްގެ ތެރެއިން ސައިރަންގެ އަޑު އިވެމުންދާއިރު، ގިނަ އަދަދެއްގެ ރައްޔިތުން ބިންގަރާސްތަކަށް ވަންނަން ފަށާފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. 

އިސްރާއީލުން ދިން ހަމަލާތަކުގެ ރައްދެއްގެ ގޮތުން އީރާނުން މިއަދު ވަނީ ޤަތަރުގައި ހުރި އެމެރިކާގެ ބޭސްތަކަށް އަމާޒުކޮށް ރައްދު ހަމަލާތައް ފޮނުވާލާފައެވެ. ނަމަވެސް އިސްރާއީލަށް އަމާޒުކޮށް ހަމަލާތައް ފޮނުވާލިކަމެއް އަދި ބުނެފައެއް ނުވެއެވެ. މީގެ ތެރެއިން ފޮނުވާލި ބައެއް މިސެއިލްތައް ގޮއްވާލާފައިވާކަަމަށް ޤަތަރުގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ތެލްއަވީވްގައި ދިރިއުޅެމުންދާ މީހުން ބިންގަރާސްތަކަށް ވަންނަނީ.. ފޮޓޯ: އޭއެފްޕީ

އީރާނުން ވަނީ އިސްރާއީލް އަދި އެމެރިކާއިން ދިން ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތައް މުގުރާލުމަށްފަހު ދިން ހަމަލާއެއްކަމަށް ބުނެފައެވެ. އެގޮތުން ހަނގުރާމަވެރި ހަތިޔާރުތައް އުފެއްދުމުގެ ބޭނުމުގައި އެޤައުމުން ނިއުކްލިއާ ހަކަތަ ތަރައްޤީ ކުރަމުން ނުދާކަން އީރާނުން މިއަދުވެސް ވަނީ ތަކުރާރުކޮށް ބުނެފައެވެ. 

އީރާނުން ބުނީ އެޤައުމަށް ހަމަލާދިން ކޮންމެ ތަނަކަށް ހަމާތައް ދޭނޭކަމަށާއި، އިސްރާއީލުގެ ހުރިހާ މުދަލަކާއި މަސްލަޙަތު ހިމެނޭ ސަރަހައްދުތަކަށް ހަމަލާދިނުމަކީ މިހާރު އެޤައުމަށް ލިބިފައިވާ ހައްޤެއްކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.