އެމެރިކާ އަދި އިސްރާއީލްގެ ހަމަލާއެއް ތެހެރނުގެ ސަަރަހައްދަކަށް އަމާޒުވެފައި.. ފޮޓޯ: އޭޕީ
ދުނިޔެ
28 Feb 2026 | 15:56
އިސްރާއީލުން ފޮނުވާލި މިސައިލެއް، އީރާންގެ އަންހެންކުދިންގެ ސްކޫލަކަށް އަމާޒުވެއްޖެ

އިސްރާއީލާ އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަށް ފޮނުވާލި މިސައިލެއް ތެހެރާނުގައި ހުންނަ އަންހެންކުދިންނަށް ހާއްސަ ސްކޫލަކަށް އަމާޒުވެފައިވާކަމަށް އަލް ޖަޒީރާއިން ބުނެފިއެވެ.

އަލްޖަޒީރާއިން ބުނެފައިވަނީ އަންހެންކުދިންގެ ސްކޫލަށް ދިން ވައިގެ ހަމަލާގައި ފަސް ދަރިވަރަކު ޝަހީދުވެފައިވާކަމަށެވެ. މިކަން އީރާނުގެ ސަރުކާރުގެ ރަސްމީ މީޑިއާ އިރްނާއިން ވަނީ ޔަގީންކޮށްދީފައެވެ. މީގެ އިތުރުން ގިނަ ހަމަލާތައް އަމާޒުވެފައިވަނީ އާންމުން ދިރިއުޅޭ ތަންތަނަށްކަމަށްވެސް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. 

އެމެރިކާ އަދި އިސްރާއީލް އިސްވެ އޮވެ، ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގައި މިހާތަނަށް ފުރާނަ ގެއްލުނު މީހުންގެ އަދަދެއް އަދި ސާފެއް ނުވެއެވެ.

އެމެރިކާ އަދި އިސްރާއީލުން ބުނާ ގޮތުގައި ތެހެރާނަށް ދިން ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އަސްކަރީ މަރުކަޒުތަކުގެ އިތުރުން އީރާނުގެ ލީޑަރުން ދިރިއުޅުއްވާ ތަންތަނަށެވެ. އީރާނުން ދިން މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މީގެ ކުޑައިރުކޮޅެއް ކުރިން ދިން ސްޓޭޓްމަންޓެއްގައި ވަނީ، އީރާނަށް ހަމަލާދޭން ފަށާފައިވާކަމަށް ވިދާޅުވެފައެވެ.

މި ސްޓޭޓްމަންޓުގައި އީރާނަށް ހަމަލާދިނުމުގެ ހުއްޖަތަކަށް ދައްކަވާފައިވަނީ، މާ ކުރީޒަމާނުގައި ހިނގާފައިވާ ހަނގުރާމައިގެ ހާދިސާތަކެވެ. މީގެ އިތުރުން 2023 ވަަ އަހަރުގެ އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާއަކީވެސް އެއް ސަބަބު ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް އެހެން ވިދާޅުވިއިރު، އެމެރިކާ އަދި އިސްރާއީލްގެ ބޮޑުވަޒީރު ކުރިން ބުނެފައިވަނީ އެ ހަމަލާ ދީފައިވަނީ ހަމާސް ކަމަށެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން އިސްރާއީލުން ވަނީ ޣައްޒާއަށް ވައިގެ މަގުން ހަމަލާދީ މުޅި ޣައްޒާ ސުންނާފަތިކޮށް އެތައް ހާސްބަޔަކު ޝަހީދުކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.