އީރާނުން ހޮރުމޯޒް ކަނޑުއޮޅި ބަލަހައްޓަނީ... ފޮޓޯ: ބްލޫމްބާގް
ދުނިޔެ
28 Feb 2026 | 22:00
އެއްވެސް ބޯޓަކުން ހޮރުމޯޒް ކަނޑުއޮޅި ހުރަސްނުކުރުމަށް އީރާނުގެ އިންޒާރެއް

އެއްވެސް އުޅަނދަކުން ހޮރުމޯޒް ކަނޑުއޮޅި ހުރަސް ނުކުރުމަށް އީރާނުގެ އަސްކަރިއްޔާއިން އިންޒާރުދީފިއެވެ.

އީރާނުގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، ހޮރުމޯޒް ކަނޑުއޮޅިން ދަތުރު ނުކުރުމަށް އެދި އީރާނުގެ އިސްލާމިކް ރެވެލިޔުޝަނަރީ ގާޑް ކޮޕުންގެ ފަރާތުން ބޯޓުތަކަށް އޯޑިއޯ މެސެޖެއް ފޮނުވާފައިވާަކަމަށެވެ. ވީއެޗްއެފް ރޭޑިއޯ ޓްރާންސްމިޝަން މެދުވެރިކޮށް ފޮނުވި މި މެސެޖްގައި އީރާނުގެ އަސްކަރިއްޔާއިން ވަނީ އެއްވެސް އުޅަނދަކުން ރޮރުމޯޒް ކަނޑުއޮޅި ހުރަސް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. 

އެމެރިކާ އަދި އިސްލާއީލުން އީރާނަށް ދިން ހަމަލާތައް ވަރަށް ސީރިއަސްކޮށް އީރާނުން ނަގާފައިވާއިރު، އީރާނުން ބުނެފައިވަނީ ރައްދުގައި ހަމަލާދިނުން ނޫންގޮތެއް ދެން ނެތްކަމަށެވެ. އެމެރިކާއިން އީރާނަށް އެންމެފަހުން ހަމަލާދިން ފަހަރުވެސް އޮރުމޯޒް ކަނޑުއޮޅި ބަންދުކުރަން އީރާނުން ނިންމިއެވެ. ނަމަވެސް ފަހުން އީރާނުގެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.

ނަމަވެސް އީރާނުން ވަނީ މިފަހަރު މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާފައެވެ. އީރާނުގެ މި އިންޒާރާއެކު ވިލާތުގެ އިއްތިހާދުގެ (އީޔޫ) 'އޮޕަރޭޝަން އެސްޕައިޑްސް'އިން ވަނީ އެލާޓަށް އައިސްފައެވެ. އެސްޕައިޑްސް އަކީ ރަތްކަނޑާއި އެ ސަރަހައްދުގެ ކަނޑުގެ މަގުތަކުގައި ވިޔަފާރި އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޔޫރަޕްގެ ޤައުމުތަކުގެ އަސްކަރިއްޔާއިން ހަދާފައި އޮންނަ އަސްކަރީ ޖަމާއަތެކެވެ. 

ހޮރުމޯޒް ކަނޑުއޮޅި ބަންދުކުރުމަކީ އެމެރިކާގެ އިތުރުން ޔޫރަޕާއި، އެނޫންވެސް ބާރުތަކުން އަބަދުވެސް ވަރަށް ސީރިއަސްކޮށް ނަގާ ކަމެކެވެ. މީގެކުރިން އީރާން އާއި އެމެރިކާގެ ގުޅުން ގޯސްވާ ކޮންމެފަހަރަކު، އީރާނުން އެ ކަނޑުއޮޅި ބަންދުކުރާނޭކަމުގެ އިންޒާރު ދެއެވެ. 

ދުނިޔޭގެ ބާޒާރަށް ބޭރުކުރާ ތެލުގެ 40 އިންސައްތަ ބޭރުކުރަނީ ހޮރުމޯޒް ކަނޑުއޮޅިންނެވެ. އެ ކަނޑުއޮޅި ބަންދުކޮށްފިނަމަ، ގަލްފްގެ ގައުމުތަކުން ތެއޮ ބޭރުކުރުމަށް ގިނަ ވަގުތުތަކެއްނަގައި އެކަމަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑުވެގެންދެއެވެ. އެހެންކަމުން ހޮރުމޯޒް ކަނޑުއޮޅި ބަންދުކޮށްފިނަމަ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް މައްޗަށްގޮސް ގައުމުތަކުގެ އިގްތިސާދު އިނދަޖެހުމުގެ ބިރު އެބައޮތްކަމަށް މާހިރުން އަބަދުވެސް ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.