ޕާކިސްތާނުގައި ހިނގި އިހްތިޖާޖުގެ ތެރެއިން
ދުނިޔެ
01 Mar 2026 | 14:30
ޚާމަނާއި އަވަހާރަކޮށްލުމާ ގުޅިގެން ކަރާޗީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކައިރީ ކުރި މުޒާހަރާގައި 9 މީހުން މަރުވެއްޖެ

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއި އަވަހާރަކޮށްލުމާ ގުޅިގެން ޕާކިސްތާނުގެ ކަރާޗީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކައިރީގައި މިއަދު ހެނދުނު ހިނގި ކުރިމަތިލުންތަކެއްގައި މަދުވެގެން ނުވަ މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ.

މި ހަމަނުޖެހުންތައް ހިނގާފައިވަނީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އެއްވި މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދުގައެވެ.

އެގޮތުން އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަރާޗީގެ މައި ކޮލާޗީ ރޯޑުގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް ވަދެގަންނަން މަސައްކަތްކުރި މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ސަލާމަތީ ބާރުތަކުން ވަނީ ބަޑިޖަހާފައެވެ.

ކަރާޗީ ސިވިލް ހޮސްޕިޓަލުގެ ޕޮލީސް ސާޖަން ޑޮކްޓަރު ސުމައްޔާ ސައިދު "އަލްޖަޒީރާ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހަމަނުޖެހުންތަކުގައި މަރުވި ނުވަ މީހެއްގެ ހަށިގަނޑު މިހާތަނަށް ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މުޒާހަރާގެ ބައިވެރިން ވަނީ ކޮންސިއުލޭޓް އިމާރާތަށް ވަދެގަތުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.

ކަރާޗީގެ އިތުރުން ޕާކިސްތާނުގެ އެހެން ސިޓީތަކުގައިވެސް ވަނީ ވަރުގަދަ މުޒާހަރާތަކެއް ބާއްވާފައެވެ. އެގޮތުން ޕާކިސްތާނުގެ އުތުރުގައި އޮންނަ ސްކަރުދޫ ސަރަހައްދުގައި ހުންނަ އދ. ގެ އޮފީހެއްގައި މުޒާހަރާގެ ބައިވެރިން ވަނީ ރޯކޮށްލާފައެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ލާހޯރުގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކައިރިއަށްވެސް އެތައް ސަތޭކަ ބަޔަކު އެއްވެ އިހުތިޖާޖު ކުރިއެވެ. އެތަނުގެ ސަލާމަތީ ގޭޓަށް ބައެއް މީހުން ގެއްލުން ދޭން މަސައްކަތް ކުރި ނަމަވެސް، ފުލުހުން ވަނީ ބާރުގެ ބޭނުން ނުކޮށް އެމީހުން ހުއްޓުވާފައެވެ. މީގެ އިތުރުން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައިވެސް މިއަދު ހަވީރު ބޮޑު މުޒާހަރާއެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

އިރާނުގެ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އޭގެ ތެރޭގައި އިރާގު، މޮރޮކޯ އަދި އިންޑިއާއިން ކޮންޓްރޯލްކުރާ ކަޝްމީރު ހިމެނެއެވެ. އިރާގުގެ ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރިއަށްވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.