ވީއައިއޭ --
ހަބަރު
01 Mar 2026 | 18:03
އިއްޔެ ނުވަ ފްލައިޓް, މިއަދު 19 ފްލައިޓް ކެންސަލް; 5200 މީހުން ނުފުރިފައި

މެދުއިރުމަތީގެ ވައިގެ ބޮޑު ސަރަހައްދެއް ބަންދުކުރުމާއި ގުޅިގެން އިއްޔެއާ މިއަދު ގިނަ ފްލައިޓްތަކެއް ކެންސަލްވެ އެތައް ހާސް ބަޔަކަށް ނުފުރި ތާށިވެއްޖެ އެވެ.

މިހާލަތަށް އައީ އެމެރިކާއާ އިޒްރޭލުން އީރާނަށް ހަމަލާދީ ވަރުގަދަ ހަނގުރާމައެއް ފެށުމާއި ގުޅިގެންނެވެ. ހާއްސަކޮށް އެމެރިކާގެ ހަމަލާތަކުގައި އިރާންގެ އެންމެ އިސް ލީޑަރު ހިމެނޭހެން އެތައް ލީޑަރުންނެއް އަދި އާންމުންގެ އެތައް ބަޔަކު ޝަހީދުކޮށްލުމާއި ގުޅިގެންނެވެ.

އެއާއެކު ރައްދުގައި އީރާނުން ވަނީ އެމެރިކާގެ ބޭސްތަކަށް ވަރުގަދަ ހަމަލާތަކެއްދީފަ އެވެ. އަދި މެދުއިރުމަތީގެ ގިނަ ގައުމުތަކަކުން ވަނީ އެއާޕޯޓްތަކުގެ އޮޕަރޭޝަންތައް ހުއްޓާލާފަ އެވެ. އެއާއެކު ވައިގެ ދަތުރުފަތުރަށް ބޮޑު ހުއްޓުމެއް އައެވެ.

އެކަމާއި ގުޅިގެން ދިވެހީންގެ މައި ވައިގެ ބަނދަރު ހިންގާ އެމްއޭސީއެލްއިން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ކުންފުނިން ބުނީ މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އެގޮތުން 28 މާރިޗު ގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރެއް ގާއިމްކޮށް ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. މި މަސައްކަތުގެ ތެރެއިން ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށްޓަކައި ޑޮމެސްޓިކް ޓާމިނަލް މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ. މި މަސައްކަތުގައި ކަމާގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަމާއެކު، ރޭގެ ނިޔަލަށް 130 ފަސިންޖަރުންނަށް ޒަރޫރީ އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށްވެސް ބުންޏެވެ.

އެމްއޭސީއެލުން ބުނީ އިއްޔެ 9 ފްލައިޓެއް ކެންސަލްވެ، 1,716 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިއަދު 19 ފްލައިޓެއް ކެންސަލްވެ، 3,530 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި، ވިޒިޓް މޯލްޑިވްސް އާއި އެއާލައިންތަކުގެ އިތުރުން ޓުއާ އޮޕަރޭޓަރުންނާއި ގުޅިގެން، ފަސިންޖަރުންނަށް ދިމާވާ އެކިއެކި ދަތިތައް ހައްލުކުރުމުގެ މަސައްކަތް އެމްއޭސީއެލްއިން އަންނަނީ ކުރަމުން ކަމަށް ބުންޏެވެ.

ކެންސަލްވެފައިވާ ފްލައިޓުތަކުގެ އެއާލައިންތަކަށް ހާއްސަ ސާވިސް ކައުންޓަރުތައް ޑޮމެސްޓިކް ޓާމިނަލްގައި ގާއިމުކޮށްފައިވާ ކަން ވެސް އެމްއޭސީއެލުން ފާހަގަ ކުރެ އެވެ. އަދި ފަސިންޖަރުންނަށް އެކިއެކި އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެ އާލައިންތަކުގެ މަންދޫބުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުންޏެވެ.

ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން، ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންނަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށްވެް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.