މިރޭ އޮތް ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
02 Mar 2026 | 01:17
ގުރުއާނުގެ އިލްމު ފެތުރުއްވުމަށް 19 މިލިއަން، އަމާޒަކީ ނިސްބަތުން ހާފިޒުން އެންމެ ގިނަ ގައުމަށް ހެދުން

ދުރު ރާސްތާ އަމާޒަކީ އިސްލާމީ ގައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން ޙާފިޡުންގެ ޢަދަދު އެންމެ ގިނަ ޤައުމަށް ދިވެހިރާއްޖެ ހެދުންކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ، މިރޭ އޮތް ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ޢަދަދަކަށް ޙާފިޡުން ދަސްވެނިވި އަހަރު ކަމަށެވެ. މި އަހަރު 31 ހާފިޒުން ދަސްވެނިވި އެވެ. ރާއްޖޭގައި ޙާފިޡުންގެ އަދަދު މިހާރު 301 އަށް ވަނީ އަރާފަ އެވެ.

މިރޭ އޮތް ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އަދި ވިދާޅުވީ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ޙާފިޡުންގެ އަދަދު 500 އާއި ހަމައަށް ގެންދިއުމަށް މަސައްކަތް ކުރުން ކަމަށެވެ. ވުޒާރާގެ ދުރު ރާސްތާ އަމާޒަކީ އިސްލާމީ ޤައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން ޙާފިޡުންގެ ޢަދަދު އެންމެ ގިނަ ޤައުމަށް ދިވެހިރާއްޖެ ހެދުންކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާފައިވެ އެވެ.

މިރޭ އޮތް ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

"ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމުގެ ދާއިރާއަށް ވަރަށް މުހިއްމު އިސްކަމެއް ދެއްވި. ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އިނާމުތައް މަތިކުރެއްވި. ޙާފިޡުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރެއްވި. 2025 ވަނަ އަހަރު ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށް 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދު ކުރެވިފައި," ވަޒީރު ވިދާޅުވި އެވެ.

މިރޭ އޮތް ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ވަޒީރު ވިދާޅުވީ، ކީރިތި ޤުރުއާނަށް ޚިދުމަތް ކުރުމާއި، ކީރިތި ޤުރުއާން ހިތުދަސް ކުރުމުގެ ކަންތައްތައް މުޅި ރާއްޖެއަށް ފެތުރުމުގައި ދިވެހިރާއްޖެ ދެކެމުން މިދަނީ ވަރަށް ހެޔޮ ދުވަސްތަކެއް ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި މިގޮތުން 2026 ވަނަ އަހަރުގައި 50 ގޮފި އުފެއްދުމަށް މަސައްކަތް ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވި އެވެ. މީގެ ތެރެއިން 6 ގޮފި ރަޖިސްޓްރީކުރެވިފައިވާއިރު، 34 ގޮފި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންދާކަމަށް ވަޒީރު ވިދާޅުވި އެވެ.

މިރޭ އޮތް ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ވަޒީރުގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ޖީލުތަކަށް އިސްލާމީ ރިސާލަތު ވާޞިލްކޮށްދިނުމަށްޓަކައި އަދުގެ ޒުވާން ޖީލު ޙާފިޡުންގެ ގޮތުގައި އަދި އިމާމުންގެ ގޮތުގައި، ތެދުވަން ޖެހޭކަމަށް ވިދާޅުވެ ޒުވާނުންނަށް އެކަމަށް އިލްތިމާސް ކުރެއްވި އެވެ. އަދި އުއްމަތް ބިނާކުރުމުގައި އަދި ޤައުމު ބިނާކުރުމުގައި އަދި އަޅުގަނޑުމެންގެ ޤައުމު ތާއަބަދަށް އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން މިފަދަ ޙާފިޡުން ބިނާ ކުރަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.