މަދަހަ އަލްބަމް ކަވަރ
ހަބަރު
02 Mar 2026 | 22:01
"ރަޙުމަތް" ނަމުގައި އުއްމީދު ޖަމްޢިއްޔާއިން މަދަޙަ އަލްބަމެއް ނެރެފި

ފުޅާ ދާއިރާއްގައި ދީނީ ދަޢުވަތުގެ މަސައްކަތްކުރާ، ރ. މީދޫގެ ޖަމްޢިއްޔާއެއްކަމުގައި އުއްމީދު ޖަމްޢިއްޔާއިން ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް މަދަޙަ އަލްބަމެއް ނެރެފިއެވެ.

"ރަޙްމަތް" މި ނަމުގައި މިހާރު ސައުންޑްކްލައުޑް އަދި ޔޫޓިޔުބްގައި ރިލީސްކޮށްފައިވާ މި އަލްބަމްގައި ޖުމްލަ 6 މަދަހައެއް ހިމެނެއެވެ. މި އަލްބަމާ ގުޅޭގޮތުން ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން އުއްމީދު ޖަމިއްޔާއިން ބުނީ މި އަލްބަމުގައި ހިމެނޭ ހުރިހާ މަދަހައަކީވެސް އަމިއްލަ ރާގުގެ މަދަހަތައް ކަމަށެވެ.

މި މަދަހަ އަލްބަމްގެ ޅެންތައް ހައްދަވާދެއްވާފައިވަނީ މަޝްހޫރު ޅެންވެރިޔާ އާދަމް ޙަލީމް އަދުނާނުގެ އިތުރުން ރ. މީދޫގެ ކުޅަދާނަ ޒުވާން ޅެންވެރިއެއްކަމަށްވާ އަޙްޒަމް އިސްމާޢީލް (ޗާލީ) އަދި ފާތިމަތު ނިޢުމާ އެވެ. މި އަލްބަމްގެ އެންމެ ޚާއްސަކަމަކީ މި އަލްބަމްގެ ހުރިހާ މަދަޙައެއްވެސް ކިޔާފައިވަނީ ރ. މީދޫގެ ކުޅަދާނަ އާޓިސްޓުންކަމަށްވުމެވެ. އެގޮތުން މި އަލްބަމްގައި ޖައިލަމް ލަތީފް (ޖައިއްޓޭ)، ޙުސައިން ހަނީފް، އަޙްމަދު އިސާމް، އާތިފް ރަޝީދު (އާތީ)، ޢަބްދުﷲ ޝިހާމްގެ މަދަޙަތައް ހިމެނެއެވެ. މި ހުރިހާ މަދަޙައެއްގެ ރެކޯޑިންގވެސް ހަދާފައިވަނީ ރ. މީދޫގައިކަން ފާހަގަކޮށްލެވެއެވެ. މަދަޙަތަކުގެ ރެކޯޑިންގ އުއްމީދު ސްޓޫޑިޔޯގެ އިތުރުން ހަވާސް ސްޓޫޑިޔޯ އަދި ހޭރިޔާ ސްޓޫޑިޔޯގައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ރަހުމަތު މަދަހަ އަލްބަމް

މި އަލްބަމް ތައްޔާރުކުރުމުގައި އެކިގޮތްގޮތުން އުއްމީދަށް އެހީތެރިކަން ދެއްވި ހުރިހާ ފަރާތްތަކަށް އުއްމީދުން ޝުކުރު އަދާކުރެއެވެ. އެގޮތުން ހަވާސް އަދި ހޭރިޔާގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުން އުއްމީދު ޖަމިއްޔާއިން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
އޭލެވެލް ދަރިވަރުންނަށް އޮންލައިންކޮށް ނެގި ކްލާހަކުން ލަދުވެތި މަންޒަރެއް
އިމްތިޙާން ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، "ދަނަތު ލާނިން ސެންޓަރ" ގެ ފަރާތުން ތަޖުރިބާކާރު ދިވެހި މުދައްރިސް އިލްޔާސް ޝުޖާޢު ކުރިއަށް ގެންދެވި މި ސެޝަނުގައި 300 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.