ދިރާގުން ދިން ފުރަތަމަ ސްޕީޑް ބޯޓް ހަވާލުކުރުން: ފޮޓޯ/ ދިރާގު
ވިޔަފާރި
03 Mar 2026 | 13:44
ދިރާގުން ދޭ ފުރަތަމަ ބޯޓު ސައީދަށް، ދެވަނަ ބޯޓު ލިބޭނީ ކާކަށް؟

ދިރާގުގެ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ފުރަތަމަ ސްޕީޑްބޯޓްގެ ނަސީބުވެރި ފަރާތް ކަމުގައިވާ އަބްދުالله ސައީދަށް މި ބޯޓު ލިބުމަށްފަހު މިހާރު އެންމެއިންތިޒާރުކުރެވޭ ވަގުތަކީ ދެވަނަ ސްޕީޑްބޯޓުގެ ނަސީބުވެރި ފަރާތް އިއުލާނުކުރާނެ ވަގުތަށެވެ.

މި ޕްރޮމޯޝަނަށް އެންރޯލްކޮށްގެން ދިރާގުން ދޭ ދެވަނަ ސްޕީޑްބޯޓު ހާސިލުކުރުމުގެފުރުސަތު 31 މާރިޗުގެ ނިޔަލަށް ހުޅުވިފައި އެބައޮތެވެ. މިއީ މި ޕްރޮމޯޝަނަށް އެންރޯލްކުރުމަށް ލިބޭ އެންމެ ފަހު ފުރުސަތެވެ. އަދި، މި ޕްރޮމޯޝަނަށް ކުރިން އެންރޯލްކޮށްފައިވާ ކަސްޓަމަރުންނަށް ވެސް ދެވަނަ ބޯޓު ހާސިލުކުރުމުގެ ފުރުސަތު އެބައޮތެވެ. މި ދެވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ އެނގިގެންދާނީ މި އަހަރުގެ ޖޫން މަހުގައެވެ.

މި ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިއާއަށް ވެސް އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު ލިބޭނެކަމަށް ދިރާގުން ބުނެއެވެ. މި ހިތްގައިމު ސްޕީޑްބޯޓަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ހިތްގައިމު ރީތި ސްޕީޑްބޯޓެކެވެ.

ދިރާގުން ކުރިއަށްގެންދާ ފޯރިގަދަ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގައި ދިރާގުޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބަރ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. މީގެ އިތުރުން، ދިރާގުޕޭއަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ. 

މި ގޮތުން، ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށްރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބަރ 40އެމް ނުވަތައެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.

ޕްރޮމޯޝަންގައި އެންރޯލްކުރުމަށް ހާއްސަކޮށްފައިވާ ޕޯޓަލްއަކީ: https://bit.ly/Win-2-SPeedboats

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު:https://www.dhiraagu.com.mv/win2speedboats

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.