ސަލަފް ރޯދަ ހަދިޔާ 101 ގެ ތެރެއިން : ފޮޓޯ/ ސަލަފް
ހަބަރު
03 Mar 2026 | 14:09
މި ރަމަޟާން މަހުވެސް ޖަމްޢިއްޔަތުއް ސަލަފުން ގިނަ ހަރަކާތްތަކެއް: ބައިވެރިވުމުގެ ފުރުސަތު

1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން ގިނަގުނަ ހަރަކާތްތަކެއް ފަށައިގެން ކުރިއަށްދާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

އަދި ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަސް ނިމިގެންދިޔައިރު، މި ހަރަކާތްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.

ރަމަޟާން މަހާ ދިމާކޮށް ސަލަފުން ކުރިއަށް ގެންދާ ހަރަކާތްތައް

ސަލަފު ރޯދަ ހަދިޔާ: 101 އަގުހުރި އިނާމު

ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ފެބްއަރީ 13 ވަނަ ދުވަހު ހުޅުމާލެ ސެންޓަރަލް ޕާކުގައި ބޭއްވި "ސަލަފު ރޯދަ ހަދިޔާ" އިވެންޓަކީ މިއަހަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ. 4,000 އަށް ވުރެ ގިނަ މީހުން އަމަލީ ގޮތުން ބައިވެރިވި މި އިވެންޓުގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައިވަނީ ޙައްޖު ދަތުރެކެވެ.

މީގެ އިތުރުން ސައިކަލަކާއި، ޢުމުރާ ދަތުރެއް ހިމެނޭހެން އަގުހުރި 9 އިނާމެއް ވަނީ ދީފައެވެ. އޮންލައިންކޮށް ބައިވެރިވި 15,000 މީހުންގެ މެދުގައިވެސް 90 ހަދިޔާއެއް ބަހާފައިވާއިރު، މި އިވެންޓުގައި އިލްމުވެރިންގެ ޕެނަލަކުން ދީނީ ސުވާލުތަކަށް ޖަވާބު ދިނުންވެސް ކުރިއަށް ދިޔައެވެ.

އިޖުތިމާޢީ އެހީތެރިކަން: "ވާބިލު" އަދި "ހަދާޔާ"

ނިކަމެތި އާއިލާތަކަށް އެހީވުމަށް ހިންގާ "ވާބިލު" ޕްރޮގްރާމުގެ ދަށުން މިއަހަރު މިހާތަނަށް 61 އާއިލާއަކަށް ރެޑްވޭވްގެ ފިހާރަތަކުން ވިޔަފާރިކުރެވޭނެ ވައުޗަރު ވަނީ ހަދިޔާކޮށްފައެވެ. ހަމައެއާއެކު، ހޮސްޕިޓަލްތަކުގައި ތިއްބަވާ މުވައްޒަފުންނާއި ބަލިމީހުންގެ އެހީތެރިންނަށް ރޯދަވީއްލުން ފޯރުކޮށްދިނުމަށް ހިންގާ "ހަދާޔާ" ޕްރޮގްރާމުގެ ދަށުން، ފުރަތަމަ ދިހަ ދުވަހު އައި.ޖީ.އެމް.އެޗް ގައި 3,650 ޕެކް އަދި ހުޅުމާލެ ހޮސްޕިޓަލުގައި 2,100 ޕެކް ވަނީ ބަހާފައެވެ. މިއަހަރު އަލަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައިވެސް މި ޚިދުމަތް ވަނީ ފަށާފައެވެ.

މިސްކިތު ސުފުރާ އަދި ދަރުސްތައް

މާލޭގެ އިސްލާމީ މަރުކަޒާއި ހުޅުމާލޭގެ މަސްޖިދު އަބޫބަކުރު އައްޞިއްދީޤުގައި ކޮންމެ ދުވަހަކު ރޯދަ ސުފުރާ އަންނަނީ ބާއްވަމުންނެވެ. މިގޮތުން އިސްލާމީ މަރުކަޒުގައި ދުވާލަކު 400 މީހުންނަށް އަދި ހުޅުމާލޭގައި 50 އަށް ވުރެ ގިނަ މީހުންނަށް ރޯދަވީއްލުން ފޯރުކޮށްދެއެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފުރުޤާން މިސްކިތުގައި "ދުޢާ" މި މައުޟޫޢަށް ޢަޞްރު ނަމާދަށްފަހު ސިލްސިލާ ދަރުސްތައް ބާއްވަމުންދާތާ މިހާރު 11 އަހަރު ވެފައިވާއިރު، ހުޅުމާލެ މަސްޖިދު ރަޝީދުގައިވެސް ދަރުސްތައް ކުރިއަށްދެއެވެ. އަދި ރާއްޖޭގެ 17 ރަށެއްގައި "ސަލަފު ހަފްތާ ބަންދު ދަރުސް" ޕްރޮގްރާމް މިހާތަނަށް ވަނީ ހިންގާފައެވެ.

ޒުވާނުންނާއި ބިދޭސީންނަށް ޚާއްޞަ ހަރަކާތްތައް

މީސްމީޑިއާ މެދުވެރިކޮށް ކޮންމެ ދުވަހަކު "ސަލަފު ރޯދަ ސުވާލު" މުބާރާތް ކުރިއަށްދާއިރު، މަދަރުސާ ކުދިންނަށް ޚާއްޞަކޮށްގެން "ޑޯން އެންޑް ޑަސްކް" ކުއިޒްވެސް ކުރިއަށްދެއެވެ. މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ޚާއްޞަކޮށްގެން ބަންގާޅު ބަހުން ދަރުސް ދިނުމަށް އެ ގައުމުގެ އިލްމުވެރިއަކު ގެނެސްގެން ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސްތައް އަންނަނީ ބާއްވަމުންނެވެ.

ޖަމްޢިއްޔަތުއް ސަލަފުން މަޢުލޫމާތު ދޭ ގޮތުގައި، މި ހުރިހާ ހަރަކާތްތަކަކީވެސް ދީލަތި ފަރާތްތަކާއި ކުންފުނިތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މި ހަރަކާތްތައް މެދުނުކެނޑި ކުރިއަށްދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް