ދޫނިފިހާރަ ޤުރުއާން މުބާރާތުގެ ތެރެއިން..
ހަބަރު
05 Mar 2026 | 23:23
މުއިވެޔޮ ފަސްއަނގޮޅި ކަންމަތީން އިންތިޒާމްކުރާ، ދޫނި ފިހާރަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދޫނިފިހާރަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިމުބާރާތަކީ މުއިވެޔޮ 5 އަނގޮޅި ކަންމަތީގެ ޒުވާނުންތަކެއްގެ އިސްނެގުމަށް ދޫނި ފިހާރައިގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިފަހަރަކީ މި މުބާރާތް ބޭއްވިގެންދާ 3 ވަނަ އަހަރެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ރޯދަމަހުގެ 27 ވަނަ ދުވަހުއެވެ. 

ދޫނިފިހާރަ 1446 ވަނަ އަހަރުގެ މުބާރާތުގެ ތެރެއިން..

މުބާރާތް ކުރިއަށް ގެންދަނީ 6 އަހަރުން ދަށް 9 އަހަރުން ދަށް އަދި 12 އަހަރުން ދަށުގެ އުމުރުފުރާއަށް ހާއްސަކޮށެވެ. މިފަހަރު ގިނަ އިނާމްތަކެއް ހުށަހެޅިފައިވާއިރު، މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނީ، ކުރިއެކޭ އެއްގޮތަށް މިފަހަރުގެ މުބާރާތަށް ކޮންމެ ބޭފުޅަކަށް ވެސް ކިޔަވާކުދިންނައް އިނާމް ހުށަހެޅިދާނޭކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. އެގޮތުން މިފަހަރު ކުރިއަށްގެންދަނީ ކިޔަވާ ކޮންމެ ކުއްޖަކަށްވެސް އިނާމް ލިބޭ ގޮތަށެވެ.

މި މުބާރާތަށް މުއިވެޔޮ ފަސްއަނގޮޅި ކަންމަތީން ހިމެނޭ ވަރަށް ގިނަ އާއިލާތަކާއި ވިޔަފާރިވެރީން އިނާމު ހުށައަޅަ އެވެ. އެގޮތުން މިދިޔަ ފަހަރުގެ މުބާރާތައްވެސް ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެންދިޔަކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ވަނީ ބުނެފައެވެ.

މިދިޔަ ފަހަރު ބޭއްވި މި މުބާރާތުގައި ތިން އުމުރުފުރާ އަކުން ޖުމްލަ 22 ދަރިވަރުން ބައިވެރިވެ ވާދަކޮށްފައި ވެއެވެ. އަދި މުބާރާތުގެ އެއްވަނަ އިނާމަކަށް 10,000, ދެވަނަ އިނާމަކަށް 7,000 ގެ އިތުރުން ތިންވަނަ އިނާމަކަށް 5,000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.