ފެނަކައިން މީގެ ކުރިން ގެނައި ޖެންސެޓެއް
ހަބަރު
22 Feb 2026 | 10:00
ފެނަކައިން އައު ޖެންސެޓްތަކެއް ގެނެސްފި

ފެނަކައިން ދެމުްނގެންދާ ކަރަންޓްގެ ހިދުމަތް ފދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް އައު ޖެންސެޓްތަކެއް ގެނެސްފިއެވެ.

ފެނަކައިން ބުނީ މުޅިން އައު 4 ޖެންސެޓް ގެނެސްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 600 ކިލޯވޯޓުގެ ތިން ޖެންސެޓާއި، 400 ކިލޯވޯޓުގެ އެއް ޖެންސެޓެވެ. މީގެ ތެރެއިން ދެ ޖެންސެޓް ރަށްރަށަށް ފޮނުވާލުމުގެ މަސައްކަތް މިހށރު ދަނީ ކުރަމުންނެވެ.

އަދި އިތުރު 2 ޖެންސެޓް މާލެގެެނެސް ކްލިއާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޖެންސެޓް ފޮނުވާ ރަށްތައް:

600ކވ: ލ.އިސްދޫ

400ކވ: ދަނބިދޫ

600ކވ: ކެންދޫ

600ކވ: ކެލާ

ފެނަކައިން ބުނީ ދަނބިދޫއަށް ގެންދާ ޖެންސެޓާއި އިސްދޫއަށް ގެންދާ ޖެންސެޓް އެރަށްރަށަށް ގެންދިއުމަށް ލޯޑްކުރެވިފައިވާކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އެ ރަށްރަށަށް ފޯރާނެ ކަމަށެވެ. ކެލާ އަދި ކެންދުއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޖެންސެޓްތައް މިއަދުގެ ވަގުތެއްގައ ކްލިއާ ކުރެވިގެންދާއިރު، ވީހާވެސް އަވަހަކަށް އެ ރަށްރަށަށް ފޮނުވާލުމުގެ ކަންކަން ކުރެވިގެންދާނޭކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ އެ ރަށްރަށުގައި ޑިމާންޑަށް ކަރަންޓް ދިނުމަށް މިވަގުތު ދަނީ ހުރިހާ ޖެންސެޓްތައް ބޭނުންކުރަމުންކަމަށެވެ. އައު ޖެންސެޓްތައް ގެންގޮސް ހިދުމަތް ދެވެން ފެށުމުން ކަރަންޓްގެ ފެންވަރު ރަނގަޅު ވެގެންދާނޭކަމަށް ފެނަކައިން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.