މ.މުލަކް އައުޓްޑޯ ޖިމުގެ ޕޭވިން ނިމުމަކާ ކައިރިއަށް

މުލަކް އައުޓްޑޯ ޖިމް މަސައްކަތުގެ ތެރެއިން

މ.މުލަކްގައި ގާއިމްކުރާ އައުޓްޑޯ ޖިމުގެ ޕޭވިން މަސައްކަތް ނިމުމަކާ ހިސާބަށް ހިނގައްޖެއެވެ.

މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީ އާއެވެ. އާރުޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މުލަކްގައި ގާއިމްކުރާ ޖިމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ޕޭވިން މަސައްކަތްކަމަށް އާރުޑީސީން ބުންޏެވެ.

މި މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 2025 ވަނަ އަހަރުގެ މާރިޗްމަހުގެ 29 ވަނަ ދުވަހުއެވެ. މި މަސައްކަތުގެ އަގަކީ 453,600 ރުފިޔާއެވެ.

ކޮމެންޓް