ދުބާއީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް އަމާޒުކޮށް ދިން ހަމަލާ
ދުނިޔެ
04 Mar 2026 | 10:36
ދުބާއީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް ޑްރޯން ހަމަލާއެއް ދީފި

ދުބާއީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް އަމާޒުކޮށް އަންގާރަ ދުވަހު ޑްރޯން ހަމަލާއެއް ދީފިއެވެ.

މި ހަމަލާއާ ގުޅިގެން ކޮންސިއުލޭޓް ހިމެނޭ ސަރަހައްދުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށް ދުބާއީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ދުބާއީގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑްރޯން ހަމަލާގެ ސަބަބުން ކޮންސިއުލޭޓް ކައިރީގައި ކުޑަވަރެއްގެ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް، އެކަން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް އެ އޮފީހުން މައުލޫމާތު ދެއެވެ. ހާދިސާ ހިނގިތާ 45 މިނެޓު ތެރޭގައި އެމެޖެންސީ ޓީމުތަކުން ވަނީ އަލިފާންގަނޑު އެއްކޮށް ނިއްވާލާފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޑްރޯން އަމާޒުވެފައިވަނީ ކޮންސިއުލޭޓްގެ ޕާކިންގް ސަރަހައްދަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ކޮންސިއުލޭޓް ހުންނަ ސަރަހައްދުން ކަޅު ދުން އަރަމުންދާ މަންޒަރު ފެނެއެވެ. އީރާނުގެ ދައުލަތުގެ މީޑިއާ، އައި.އާރު.އައި.ބީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ އީރާނުގެ ޑްރޯންއަކުން ދީފައިވާ ހަމަލާއެކެވެ.

މި ހާދިސާ ހިނގާފައި މިވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އެހެން މިޝަންތަކަށްވެސް ނުރައްކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، ހޯމަ ދުވަހު ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާ އެމްބަސީއަށްވެސް ދެ ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް ސައުދީގެ ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ. އެ ހަމަލާގައި އިމާރާތަށް ކުޑަވަރެއްގެ ގެއްލުންތަކެއް ލިބިފައިވެއެވެ. މީގެ އިތުރުން، ކުވެއިތުގައި ހުންނަ އެމެރިކާ އެމްބަސީވެސް މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވޮޝިންގްޓަންގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ، މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން އެނބުރި ގައުމަށް ގެންދިއުމަށްޓަކައި ޗާޓަރު ފްލައިޓްތަކާއި އަސްކަރީ މަތިންދާބޯޓުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ބައެއް ސަރަހައްދުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ބައެއް ފްލައިޓްތައް އަނބުރާ ފޮނުވާލަން ޖެހުނު ކަމަށްވެސް ރޫބިއޯ ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.