އުމްރާއަށް ނުދެވުނު 28 މީހަކު ހައްޖު ކޯޕަރޭޝަންގެ އެހީގައި އުމްރާއަށް ފޮނުވާލުން: ފޮަޓޯ/ ހައްޖު ކޯޕަރޭޝަން
ހަބަރު
04 Mar 2026 | 11:49
ފަހު ވަގުތު އުމްރާދަތުރު ކެންސަލްކުރި ގުރޫޕްގެ 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ޖާގަދީފި

'އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އަލް އަބްރާރު ޕްރައިވެޓް ލިމިޓެޑް' ގުރޫޕުން މީހުން އަތުން ފައިސާ ނެގުމަށްފަހު، ފަހު ވަގުތު ދަތުރު ކެންސަލްކުރުމުން އުމްރާއަށް ނުދެވުނު މީހުންގެ ތެރެއިން 28 މީހަކަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެހީތެރިކަން ފޯރުކޮށްދީ، އެ މީހުން އުމްރާއަށް ފުރުވާލައިފިއެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ޝަކީލް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު އުމްރާގެ އަޅުކަމަށް ގެންދާނެ ކަމަށް ބުނެ އަމިއްލަ ގުރޫޕަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އިންތިޒާމުތައް ހަމަޖައްސާފައި ނުވާތީ، އޭގެ ތެރެއިން ގިނަ ބައެއްގެ އެދުމުގެ މަތިން ހައްޖު ކޯޕަރޭޝަނުން އެހީތެރިކަން ދީފައިވާ ކަމަށެވެ.

އެގޮތުން، ކޯޕަރޭޝަނުގައި ޖާގަ އޮތް މިންވަރުން 28 މީހަކަށް ވިސާ ޖަހައިދީ، މައްކާ އާއި މަދީނާއިން އެކޮމޮޑޭޝަނާއި، ކެއިންބުއިމުގެ އިތުރުން ދަތުރުފަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދީފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ. މި 28 މީހުން މިއަދު ހެނދުނު ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި ސައުދީ އަރަބިއްޔާއަށް ފުރާފައެވެ.

އަލް އަބްރާރު ގުރޫޕުން ރަމަޟާން މަހުގެ ފަހު 15 އެއްގައި އުމްރާއަށް ދިއުމަށް 110 މީހުން ފައިސާ ދައްކާފައިވެއެވެ. ނަމަވެސް، ފުރަން އޮތް ދުވަހު ކުއްލި ބައްދަލުވުމެއް ބާއްވައި، ސަރަހައްދީ މަޝްރަހު އޮތް ގޮތުން ރިސްކެއް ނަގަން ބޭނުން ނުވާ ކަމަށް ބުނެ އެ ގުރޫޕުން ވަނީ ދަތުރު ކެންސަލްކޮށްފައެވެ.

މިކަމާ ގުޅިގެން "ދުވަސް" ނޫހަށް މައުލޫމާތު ދިން އުމްރާވެރިއަކު ބުނީ، ދަތުރު ކެންސަލްކުރި ނަމަވެސް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ގުޅުމުން، އުމްރާވެރިންދާ ސަރަހައްދުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، ކަންކަން ހަމަޖެހިފައިވާނަމަ ފުރުވާލުމަށް އެންގެވި ކަމަށެވެ. އަދި އެ ގުރޫޕުން އުމްރާއަށް މީހުން ގެންދަން މިނިސްޓްރީގެ ހުއްދައަށް އެދިފައި ނުވާ ކަމަށާއި، މައްކާއިން ހޮޓެލްވެސް ބުކްކޮށްފައި ނުވާކަން އެނގިފައިވާ ކަމަށް އޭނާ ބުންޏެވެ.

އަބްރާރު ގުރޫޕްގެ އެމްޑީ އައްފާން ބުނީ، ހުއްދައަށް އެދި މިނިސްޓްރީއަށް މެއިލް ކުރި ކަމަށާއި ނަމަވެސް އެ މެއިލް ނުދިޔައީ ކަމަށެވެ. އެހެންނަމަވެސް، އެ މެއިލް ނުވަތަ ޓިކެޓާއި ހޮޓެލް ބުކިންގެ ލިޔެކިޔުންތައް ދެއްކުމަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. ސަބަބެއް ކަމަށް ބުނީ ފުލުހުންނާއި މިނިސްޓްރީން މައްސަލަ ތަހުގީގު ކުރަމުންދިއުމެވެ.

ފައިސާ ދެއްކި މީހުންނަށް ރިފަންޑް ދޭނެ ކަމަށް އެ ގުރޫޕުން ބުނި ނަމަވެސް، އެ ފައިސާ ދެނީ ޓިކެޓަށްވާ ބައި ކަނޑާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.