ޓްރާންސްޕޯޓް މިނިސްޓަރު އަމީން.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
04 Mar 2026 | 15:14
މިއަދު އެކަނިވެސް ރާއްޖެ އަންނަން އޮތް 18 ފްލައިޓް ކެންސަލްކުރި: އަމީން

ގަލްފް ޤައުމުތަކުގެ މެދުގައި މިހާރު ހިނގަމުންދާ ހަމަލާބަދަލުކުރުންތަކާ ގުޅިގެން މިއަދު އެކަނިވެސް ރާއްޖެ އަންނަން އޮތް ފްލައިޓްތަކުގެ ތެރެއިން 18 ފްލައިޓް ކެންސަލް ކޮށްފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ގަލްފް ޤައުމުތަކުގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ މަޝްރަހް މިވަގުތު ހުރިގޮތުން ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ނިތަނަވަސްކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ މިއަދު ރާއްޖެ އަންނަން ތާވަލްކޮސްފައި އޮތް 53 ފްލައިޓްގެ ތެރެއިން 18 ފްލައިޓެއް ކެންސަލްކޮށްފައިވާކަމަށެވެ.

ކެންސަލްކުރި ހުރިހާ ފްލައިޓް ތަކަކީވެސް ޝެޑިއުލް ފްލައިޓްކަން މިނިސްޓަރު ވިދާޅުވިއެވެ. މެދުއިރުމަތީގެ ޤައުމުތަކަށް ދަތުރުފަތުރުކުރުން ހުއްޓުމަކަށް އައުމުން އެކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރިކަން ފާހަގަކުރައްވަމުން ބޮޑު 18 ފްލައިޓް ކެންސަލްވުމަކީ އިގްތިސާދަށްވެސް ލިބިގެންދާނޭ ގެއްލުމެއްކަން މިނިސްޓަރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.

18 ފްލައިޓް ކެންސަލްވެގެން ދިޔައީމަ އޭގެ އިމްޕެކްޓް އެބަހުރި. އެކަމަކީ މުޅި އިންޑަސްޓްރިއަށް ގޮންޖެހުންތަކެއް ދިމާވާނެ އަދަދެއް. މިދިޔަ މަހުގެ 28 ހުން ފެށިގެން އެހާލަތެއްގައި މިއޮތީ

ޓްރާންސްޕޯޓް މިނިސްޓަރު އަމީން

މިނިސްތަރު ވިދާޅުވީ މެދުއިރުމަތީގެ ދަތުރުތައް ހުއްޓުމާ ގުޅިގެން ރާއްޖޭގައި ނުފުރި ތާށިވިވެފައި 370 އަށްވުރެ ގިނަ ފަތުރުވެރިން އެބަތިބި ކަމަށެވެ. މީގެ ތެރެއިން ސަރުކާރުން ހުރުމުގެ ކަންކަން ހަމަޖައްސައިދީގެން 110 ވަރަކަށް ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ތިބިކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މިއަދު އެ ހާލަތު އޮތްނަމަވެސް ހާއްސަ ހާލަތެއްގައި ދުބާއީއަށް ނިސްބަތްވާ ބައެއް ފްލައިޓްތައް ދަތުރު ކުރަމުން އަންނަކަމަށެވެ. އެގޮތުން ރެއާ މިއަދު ފްލައިޓެއް ވިއައިއޭއަށް ޖެއްސިކަން މިނިސްޓަރު ވިދާޅުވިއެވެ. ދުބާއީ އެއާޕޯޓުން މަދު އަދަދެއްގެ ފްލައިޓްތައް އޮޕަރޭޓްކުރިނަމަވެސް ރާއްޖެއަށް އެންމެގިނައިން އުދުހުންތައް ބައްވަމުން އަންނަ ޤަތަރުގެ މައި އެއާޕޯޓް އަދިވެސް އޮތީ ބަންދުކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ މިރެއާ ހަމަޔަށް ޤަތަރުގެ އެއާޕޯޓްގެ ދަތުރުތައް ހުއްޓާލާފައިވާއިރު، ބަހްރެއިން އެއާޕޯޓްވެސް އޮތީ ހުއްޓުމަކަށް އައިސްފައިކަމަށެވެ. ނަމަވެސް އޮމާންގެ މަސްކަޓް އެއާޕޯޓް އޮޕަރޭޝަނުގައި އޮތުމުން އެ އެއާޕޯޓަށް ދަތުރުތައް ކުރަމުން އަންނަކަން މިނިސްޓަރު އަމީން ވަނީ ފާހަގަކުރައްވާފައެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.