ޓެކްސީގެ ހިދުމަތް -- ފޮޓޯ/ވޮއިސް
ހަބަރު
04 Mar 2026 | 15:12
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފިތުރު އީދު ދުވަހު ފަށަނީ

ސަރުކާރުގެ ޓެކްސީ ލައިނެއްގެ ހިދުމަތް ކުރިއަށް އޮތް ފިތުރު އީދު ދުވަހު ފަށަން މަސައްކަތް ކުރަމުންދާ ކަމަށް ޓްރާސްޕޯޜް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވަނީ ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ ތަފްސީލު ހިއްސާކޮށްފަ އެވެ.

އަމީން ވިދާޅުވި ގޮތުގައި އަމާޒަކީ މި މަހުގެ 18 ވަނަ ދުވަހު ޓެކްސީ ލައިންގެ ހިދުމަތް ފެށުމެވެ. ނަމަވެސް އެ ދުވަހު ހިދުމަތް ފަށާނީ ލިމިޑެޓް ހިދުމަތްތަކަކާއެކު ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ މިހާރު މިއޮތް ތާވަލާއި އެއްގޮތަށް މިކަން ކުރެވޭތޯ," މިނިސްޓަރު ވިދާޅުވި އެވެ.

150 ކާރު, އެއްބެޗު 11 ގައި އަންނާނެ

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް 150 ކާރު ރާއްޖެ ގެނައުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ކާރުތައް ގެންނާނީ ދެ ބުރެއްގެ މަތީން ކަމުގައި ވިދާޅުވި އެވެ.

އެގޮތުން ފުރަތަމަ ބެޗުގެ ކާރުތައް މިހާރު ރާއްޖެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކާރުތައް މިއަދުގެ ވަގުތެއްގައި ލަންކާ ޕޯޓަށް ގެނެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. އަދި އެ ކާރުތައް މި މަހުގެ 11 ވަނަ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ދެވަނަ ބެޗުގެ ކާރުތައް ގެނެވޭނެ ތާރީހުތައް އަންނަ ހުކުރު ދުވަހު ޔަގީން ކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ގެންނާނީ ތިން މޮޑެލްއެއްގެ ކާރުތަކެވެ. އޭގެ ތެރެއިން ދެ މޮޑެލެއް ހަދަނީ ޗައިނާގަ އެވެ. އަނެއް މޮޑެލް އެއީ ތައިލެންޑުންނެވެ.

ލަސްވީ ޓެކްސީތަކަށް ބަދަލުތަކެއް ގެންނަން ޖެހުމުން

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރީން ކަނޑައެޅި ތާރީހުތަކަށް ޓެކްސީ ލައިންގެ ހިދުމަތް ނުފެށުނީ ޓެކްސީތަކަށް ބަދަލުތަކެއް ގެންނަން ޖެހުމުންނެވެ.

އެ ބަދަލު ގެންނަން ޖެހުނީ ކާރުތަކަކީ މޫދާއި ވަރަށް ކައިރީގައި އޮޕަރޭޓްކުރަން ޖެހޭ ކާރުތަކަށް ވުމުން ގެންނަން ޖެހުނު ބަދަލުތަކެވެ. އެ ބަދަލުތައް ގެނެސް ކާރުތައް ގެނައުމުގެ މަަސައްކަތް ފެށިފައިވާތީ އިތުރު ލަސްވުމެއް ނެތި މިހާރު ކަނޑައަޅާފައިވާ ގޮތަށް ހިދުމަތް ފެށޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމުގައި ވިދާޅުވި އެވެ.

ސަރުކާރުގެ ޓެކްސީ ލައިން ހިންގާނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ވަނީ ޑްރައިވަރުން ހޯދާ ހިދުމަތް ފެށުމަށް ތައްޔާރުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.