ބަޔަކު އުމްރާއަށް ދަނީ
ހަބަރު
05 Mar 2026 | 10:17
އުމްރާއަށް ދާން ފައިސާ ދައްކައި، ނުފުރިފައި 150 މީހުން؛ ފުރުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

އެކި ކުންފުނިތަކުގެ ހަވާލުގައި އުމްރާއަށް ދިއުމަށް ފައިސާ ދައްކައި، ނުފުރިފައި ތިބި 150 އަށްވުރެ ގިނަ މީހުން އުމްރާއަށް ފުރުވުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. 

މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އުމްރާއަށް ދިއުމަށްޓަކައި ބައެއް ޤައުމުތައް މެދުވެރިކޮށް ޓްރާންސިޓްކޮށް ފުރަން އުޅުނު ފަރާތްތަކަށް، އެ ޤައުމުތަކުގެ ފްލައިޓްތައް ކެންސަލްވުމާ ގުޅިގެން ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައި ކަމަށެވެ. އެގޮތުން މިހާތަނަށް ފާހަގަކުރެވިފައިވާ ގޮތުގައި 150 މީހަކު ފުރޭނެ ގޮތެއް ނެތިފައި އެބަތިއްބެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން، މި ފަރާތްތައް ފުރުވޭނެ ގޮތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީއާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، ޤައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.

އަދި ފްލައިޓެއް ޗާޓަރު ކުރެވޭނެ ގޮތް ވެއްޖެ ނަމަ، މިހާރު ތިބި 150 މީހުންގެ އިތުރުން ވެސް ޖާގަ ހުރި މިންވަރަކުން އިތުރު ފަރާތްތަކަށް ފުރުޞަތު ދެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ވަގުތު ކުޑަތަންވެފައިވުމުން މިކަމުގައި ހުރި ދަތިތައް ޙައްލުވޭތޯ ވަރަށް ބާރަށް މަސައްކަތް ކުރަމުން މިދަނީ،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވިގޮތުން، މި މަސައްކަތުގެ ދަށުން ކުރެވޭ ދަތުރުތަކުގެ ޚަރަދު ކުރާނީ، އާންމުކޮށް ވެސް އުމްރާ ދަތުރުތަކުގައި އޮންނަ އުޞޫލުން އުމްރާވެރިން އަމިއްލައަށެވެ.

ރައްޔިތުންނާ ގުޅުން ހުރި މިފަދަ މުހިންމު ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަހައްޓަވާ އަހައްމިއްޔަތު ފާހަގަކުރައްވައި، މިނިސްޓަރު ވަނީ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން މޯލްޑިވިއަން އާއި ޙައްޖު ކޯޕަރޭޝަނުން މިކަމުގައި ދޭ އެހީތެރިކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.