އަބްރާރް ގުރުޕްގެ އެމްޑީ އައްފާން: ފޮޓޯ/ ދުވަސް
ހަބަރު
05 Mar 2026 | 10:34
އަބްރާރު ގުރޫޕުން އުމްރާ ދަތުރު ކެންސަލްކުރީ އުސޫލާ ޚިލާފަށް؛ ހުއްދަ ބާތިލްކޮށްފި

އަލްއަބްރާރު ޙައްޖު އެންޑް ޢުމްރާ ކުންފުނިން ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުޞޫލާ ޚިލާފުވެފައިވާ ކަމަށާ އެ މައްސަލައާ ގުޅިގެން ޢުމްރާއަށް މީހުން ގެންދިޔުމަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. 

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން 03 މާރިޗް އިން 26 މާރިޗްގެ ނިޔަލަށް (ރަމަޟާން) ޢުމްރާ ކުރުމަށް ހަމަޖައްސާފައިވާ ޢުމްރާ ދަތުރަށް ސަޢޫދީ ޢަރަބިއްޔާއަށް ފުރުމަށް، ފައިސާ ދެއްކި މީހުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް އެ ދަތުރު ކެންސަލް ކޮށްފައިވާ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

”މި މައްސަލާގައި، މި މިނިސްޓްރީން މިހާތަނަށް ސާފުކުރި މަޢުލޫމާތުތަކަށް ބަލާއިރު، މި ކުންފުނިން އިސްވެ ބަޔާންކުރެވުނު މުއްދަތުގައި ކުރަން އޮތް ޢުމްރާ ދަތުރު ކެންސަލްކޮށްފައިވަނީ، މަޤުބޫލު އެއްވެސް ސަބަބެއް ނެތި އަދި ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލާ (09 އޮކްޓޯބަރ 2024) ޚިލާފަށެވެ.“ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. 

މި ސަބަބަށްޓަކައި، އެ ކުންފުންޏަށް ދޫކުރެވިފައިވާ ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމާބެހޭ ހުއްދަ ވަގުތީގޮތުން ހިފަހައްޓާފައިވާ ކަމަށާ، އެކަން ކުންފުންޏަށް މިހާރު އަންގާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި މި ކަމާގުޅޭގޮތުން އިތުރަށް ސާފުކުރަންޖެހޭ މަޢުލޫމާތުތަކާއި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް ކުންފުންޏާ ދެކޮޅަށް އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ. 

އަދި މި މައްސަލައާގުޅިގެން އެ ކުންފުނީގެ ޢުމްރާވެރިންގެ ތެރެއިން މިހާތަނަށް ޢުމްރާގެ އަޅުކަމަށް ނުފުރިތިބި ޢުމްރާވެރިންނަށް އެހީތެރިކަން ފޯރުކޮށްދެވެންހުރި ގޮތްތަކަކީ ކޮބައިތޯ ބަލައި އެ ޚިދުމަތްތައް ފަހިކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންގެންދާކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.