ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިޙްސާން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
05 Mar 2026 | 11:10
ހަނގުރާމައަށް ދިޔަ ބައެއްގެ ތެރެއިން، ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ އަނބުރާ ރާއްޖެ ގެނެސްފި

ބޭރުގައުމު ތަކުގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ދިވެހިންގެ ބަޔަކު، ތުރުކީގައި ތާށިވެފައި ތިބި ކަމުގެ މައުލޫމާތު ލިބިގެން މިހާތަނަށް ކުރެވުނު މަސައްކަތުން އޭގެ ތެރެއިން ކުޑަ ކުއްޖަކާއި އެކުއްޖާގެ މަންމަ ރާއްޖެ ގެނެވިފައިވާކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހިރައްޔިތުންގެ ތެރެއިން، ހަނގުރާމަވެރި އެކި ސަރަޙައްދުތަކަށް ގޮސް އަނބުރާ ނާދެވި، ތާށިވެފައި ތިބި މީހުންނާއި، ހަނގުރާމަ ތަކުގައި އެކި ގޮތްގޮތުން ބައިވެރިވެފައި ތިބި ފަރާތްތަކުގެ އިތުރުން، ހަނގުރާމައިގައި ބައިވެރިވާން ދިޔައިރު އެކުގައި ގެންދިޔަ އާއިލާގެ ފަރާތްތައް ރާއްޖެ ނާދެވިފައި ތިބޭ މައްސަލަ ނިމުމަކަށް ގެނައުމުގެ މަސައްކަތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ފައްޓަވާފައިވާ ކަމަށެވެ.

އެ މަސައްކަތުގެ ދަށުން މީގެ ކުރިން 23 މީހަކު ވަކިން ރީއިންޓަގްރޭޓް ކޮށްފައިވާ ކަމަށާ، އޭގެ ފަހުންވެސް ސީރިޔާގެ ދެ ސަރަހައްދެއްގައި ތާށިވެފައި ތިބި 60އެއްހާ މީހުން ގެނައުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މިހާރުވެސް އެ މަސައްކަތް ކުރިއަށްދާ ކަމަށާ، އޭގެ އިތުރުން އެ ސަރަހައްދާއި އެހެން ގައުމުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.  

މި މަސައްކަތް ކުރިއަށް ދަނިކޮށް އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަކީ ތުރުކީގައި ދިވެހިރާއްޖޭގެ ތިން ރައްޔިތަކު، ހަނގުރާމައިގައި ބައިވެރިވުމަށް އެހެން ގައުމަކަށް ގޮސް، ފަހުން ތުރުކީއަށް ހިޖުރަ ކުރެވި، އެތަނުގެ ތެރޭގައި ތާށިވެފައި ތިބި މައުލޫމާތު. ތުރުކީ ސަރުކާރުން އެފަރާތްތައް ރީޓެއިން ކޮށް، ދިވެހި ސަރުކާރަށް އެންގުމާއެކު، އަޅުގަނޑުމެންގެ ގުޅިފައުވާ އެކިއެކި މުވައްސަސާ މެދުވެރިވެގެން އެ ފަރާތްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި.

ވަޒީރު ޢަލީ އިހްސާން

އެގޮތުން ކުރެވުނު މަސައްކަތުން އޭގެ ތެރެއިން 14 އަހަރުގެ އަންހެން ކުއްޖަކާއި އެކުއްޖާގެ މަންމަ ރާއްޖެ ގެނެވިފައިވާ ކަމަށާ، އެމީހުންނަށް ކުރިއަށް ގެންދަންޖެހޭ ރީއިންޓަގްރޭޝަން ޕްރޮގްރާމްތައް ކުރިއަށްދާކަން ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.