މަސްތުވާތަކެތި: ފޮޓޯ/ ޕޮލިސް
ހަބަރު
05 Mar 2026 | 13:49
ދޮޅު މަހެއްހާ ދުވަހުން 72 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

މި އަހަރުގެ ފާއިތުވި ދޮޅު މަހެއްހާ ދުވަސްތެރޭ، 72 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިހްސާން ވިދާޅުވީ، އެ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ ދިވެހިރާއްޖެއަށް ޑްރަގު އެތެރެކުރާ މިންވަރު ކުޑަ ކުރުމަށް ކުރާ މަސައްކަތް ކަމަށެވެ. 

”މިގޮތުން، ފާއިތުވެދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުންނާއި ކަސްޓަމްސްއިން ގުޅިގެން ހިންގުނު ތަފާތު އޮޕަރޭޝަންތަކުގެ ނަތީޖާއެއް ގޮތުން 83،450 ގްރާމްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައި. މިއީ ގާތްގަނޑަކަށް މަގުމަތީގެ އަގުން ނަމަ 72.2 މިލިއަން ދިވެހު ރުފިޔާގެ މަސްތުވާތަކެތި“ ވަޒީރު ވިދާޅުވިއެވެ.

އެތަކެތި އަތުލައިގެންފައިވަނީ، އެއްގަމުގެ މަގުންނާއި ވައިގެ މަގުން އަދި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަނިކޮށް ކަންވެސް ވަޒީރު ވިދާޅުވިއެވެ. 

މިއާއެކު އިހްސާން ވަނީ އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ ފުލުހުންނާއި ކަސްޓަމްސްގެ ވަރަށް ގިނަ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަން ފާހަގަކުރައްވާފައެވެ.

”ވަކިން ހާއްސަކޮށް ކަސްޓަމްސްއިން ބޯޑާ ސެކިއުރިޓީ އިންޓެލް ބެލެހެއްޓުމަށް މިހާރު ގެންގުޅޭ ތަފާތު އެކިއެކި ހުނަރުތައް ބޭނުންކޮށްގެން. އަދި އިންޓެލިޖެންސްގެ އަލީގައި ލިބޭ މުހިންމު މައުލޫމާތުތައް އޮޕަރޭޝަނަލައިޒް ކޮށްގެން ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާ. އެއާއެކު ދިވެހި ފުލުހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރެޔާއި ދުވާލު 24 ގަޑިއިރު ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާ." ވަޒީރު އިހުސާން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.