ބްރައިޓަންއާ ދެކޮޅަށް ސްކޯ ކުރުމަށްފަހު އާސެނަލްގެ ސާކާ.. ފޮޓޯ: ރޮއިޓާސް
ކުޅިވަރު
05 Mar 2026 | 13:32
މެންޗެސްޓަރ ސިޓީ މެޗް އެއްވަރުވުމުގެ ފައިދާ އާސެނަލަށް

އިންގްލިޝް ޕްރިމިއާ ލީގްގައި ރޭ މެންޗެސްތަރ ސިޓީ އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރިމެޗް އެއްވަރުވުމުގެ ފައިދާ އާސެނަލުން ނަގައިފިއެވެ.

ޕްރިމިއާ ލީގްގއި މެންޗެސްޓަރ ސިޓީ ކުޅުނުމެޗް 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެން ނިމުނުއިރު، އާސެނަލް އާއި ބްރައިޓަން ބައްދަލުކުރިމެޗް އާސެނަލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބުކާޔޯ ސާކާއެވެ. މިއީ އޭނާ އާސެނަލަށް ކުލެދިން 300 ވަނަ މެޗެވެ. 

ސާކާ އާސެނަލްގެ އެކަޑަމީއާ ގުޅުނީ އޭނާގެ އުމުރުން އެންމެ 7 އަހަރުގައެވެ. ސާކާ އަކީ މިހާރު އާސެނަލްގެ ވައިސް ކެޕްޓަނެވެ. ރޭގެ މެޗުން ލިބުނު މޮޅާއެކު އާސެނަލް ތާވަލްގެ އެއްވަނާގައި އުޅެނީ ސިޓީއަށްވުރެ އެއްމެޗް އިތުރަށްކުޅެ، 7 ޕޮއިންޓްގެ ފަރަގަކާއެކުގައެވެ.

ޕްރިމިއާ ލީގް ތާވަލް.. މައުލޫމާތު: ސޮކަވޭ

ރޭގެ މެޗަށްފަހު އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ބުނީ މެޗްގައި އޭނާގެ ކުޅުންތެރިން ކުޅުނީ ވަރަށް ރަނގަޅު ރޫހެއްގައި ކަމަށާއި، އެކަން މެޗުން ކިތަންމެ ރަނގަޅަކަށްވެސް ފެނިގެންދިޔަކަމަށެވެ. ކުރިއަށްހުރީ މުހިންމު މެޗްތަކެއްކަން ފާހަގަކުރަމުން އަޓޭޓާ ވަނީ ތާވަލްގެ އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް އޮތުމަކީ އެޑްވާންޓޭޖެއް ނަމަވެސް، އެއީ ފަރުޖައްސާލައިގެން ހުރެވޭނޭ ކަމެއް ނޫންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.