ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ބަޔަކު ވީއައިއޭގައި... ފޮޓޯ: އެމްއޭސީއެލް
ހަބަރު
05 Mar 2026 | 16:30
ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދެބައިކުޅަ އެއްބަޔަށް ދަށަށް

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެ އަންނަ ބޮޑެތި އެއާލައިންތަކުގެ ދަތުރުތައް މެދުކަނޑާލުމާއެކު ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށްބޮޑަށް ދަށަށްދާން ފަށައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެމުން އަންނަ ޑެއިލީ ޓޫރިސްޓް އެރައިވަލް އަޕްޑޭޓަށް ބަލާއިރު، މިދިަ ފެބްރުއަރީމަސް ނިމުނުއިރު ޖުމްލަ ގޮތެއްގައި ދުވާލެއްގެ މައްޗަށް ރާއްޖެއަށް 8،049 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމަ ފެށުމާއެކު މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ 5 ހާހުން ދަށުގައެވެ. 

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ އެއްވަނަ ދުވަހު 6,440 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ދެވަނަ ދުވަހު 4,107 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އަދި މިމަހުގެ ތިންވަނަ ދުވަހު 4,988 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

މެދުއިރުމަތިން ރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަ ޤަތަރު އެއާވޭސް، އިއްތިހާދު އެއާވޭސް އަދި އެމިރޭޓްސް އެއާލައިނުން ރާއްޖެއަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް މެދުކަނޑިފައިވާއިރު، އެ އެއާލައިންތަކުގެ އިތުރުން ފްލައި ދުބާއީ، ގަލްފް އެއާ އަދި އެއާ އަރަބިއާ ގެ ދަތުރުތައްވެސް ވަނީ މެދުކެނޑިފައެވެ. މި އެއާލައިންތަކަކީ، ޔޫރަޕުންވެސް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ގެންނަ އެއާލައިންތަކެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެފައިވަނީ، އިއްޔެ އެކަނިވެސް ރާއްޖެ އައުމަށް ޝެޑިއުލްކޮށްފައި އޮތް 53 ފްލައިޓްގެ ތެރެއިން 18 ފްލައިޓެއް ކެންސަލް ކޮށްފައިވާ ކަމަށެވެ. އެ އަދަދަށް ފްލައިޓް ކެންސަލްވެގެން ދިއުމަކީ އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ޓޫރިޒަމަށްވެސް ކުރާނޭ ކަމެއްކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އެމެރިކާ އަދި އިސްރާއީލް އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ހާލަތު އަދިވެސް ދަނީ ގޯސްވަމުންނެވެ. މެދުއިރުމަތީގެ ހަނގުރާމަ ނުހުއްޓި ދިގުލައިގެން ގޮސްފިނަމަ، އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ ޓޫރިޒަމް އަދި ހަކަތައިގެ ދާއިރާއަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނޭކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.