އުތުރުކޮރެއާގެ ކޯސްޓްގާޑު މަނަވަރު...
ދުނިޔެ
05 Mar 2026 | 16:53
އުތުރު ކޮރެއާގެ ކޯސްޓްގާޑް މަނަވަރަކުން ކާމިޔާބުކަމާއެކު ކްރޫޒް މިސޭލެއް ޓެސްޓްކޮށްފި

އުތުރު ކޮރެއާގެ އަސްކަރިއްޔާގައި ހިމެނޭ ކޯސްޓްގާޑުގެ މަނަވަރަކުން ކްރޫޒް މިސޭލެއް ޓެސްޓްކޮށްފިއެވެ.

އަލްޖަޒީރާއިން ބުނެފައިވަނީ، މިއީ އުތުރު ރެއާގެ ޒައީމް ކިމް ޖޮންގް އުން، އެ ގައުމުގެ އަސްކަރީ ހިދުމަތަށް އަލަށް ނެރުމަށް ތައްޔާރުވަމުންދާ 5،000 ޓަނުގެ މަނަވަރެއްކަމަށެވެ. ޓެސްޓްތައް ވަރަށް ކާމިޔާބުކޮށް ދިޔަކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

 "ޗޯ ހިޔޮން" ނަމަކަށް ކިޔާ މި މަނަވަރުން ކަނޑުން އެއްގަމަށް ފޮނުވާލާ މިސައިލްތައް ކާމިޔާބުކަމާއެކު ތަޖުރިބާ ކޮށްފައިވާއިރު، މިއީ އުތުރު ކޮރެއާގެ އަސްކަރިއްޔާއަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއްކަމަށް އެޤައުމުން ވަނީ ބުނެފައެވެ.

އުތުރު ކޮރެއާގެ އަސްކަރީ މަނަވަރަކުން ކްރޫޒް މިސެއިލްތަކެއް ޓެސްޓްކޮށްފައި މިވަނީ އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ވައިގެމަގުން ހަނގުރާމައެއް ފަށާފައިވަނިކޮށެވެ. އީރާނާ އުތުރު ކޮރެއާއަކީ ވަރަސްގާތް ދެ ޤައުމެވެ. މި ދެ ޤައުމަކީވެސް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ދެ ޤައުމެވެ. 

ބައިނަލްއަޤްވާމީ ބައެއް މީޑިއާތަކުން ބުނެފައިވަނީ، އީރާނުން އުތުރުކޮރެއާގެ ކިބައިން އެހީއަކަށް އެދިއްޖެނަމަ އެޤައުމުން އެހީތެރިވެދޭން ތައްޔާރަށް އޮންކަމަށް ބުނެފައިވީނަމަވެސް އަދި އީރާނުގެ ފަރާތުން މިހާތަަށް އެހީއަކަށް އެދިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.